ކުއްލި ޚަބަރު

ސްކޭމްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

މަސްޖިދުއްނަބަވީގެ އިމާމު ރާއްޖެ ވަޑައިގަންނަވައިފި

ތާރީޚީ ދުވަހެއް: 40 އަހަރަށްފަހު ޙަރަމްފުޅުގެ އިމާމެއް މިއަދު ރާއްޖެއަށް!

އަމާޒަކީ ފަށާ ތަޢުލީމު ރަނގަޅުކޮށް ފާސްވާ ކުދިންގެ ޢަދަދު އިތުރުކުރުން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ މި އަހަރުގެ މައިގަނޑު އަމާޒަކީ ފަށާ ތަޢުލީމުގައި ހުރި ގޮންޖެހުންތައް ޙައްލުކޮށް، ފާސްވާ ދަރިވަރުންގެ އަދަދު އިތުރުކުރުން ކަމަށެވެ. މި ވާހަކަފުޅު އެމަނިކުފާނު ދެއްކެވީ “ރައްޔިތުންނާ އެކު” ޕޮޑްކާސްޓުގައެވެ.

ރައީސް އިތުރަށް ވިދާޅުވީ، ޤައުމު ބިނާކުރުމުގައި ތަޢުލީމީ ދާއިރާގެ މުހިންމުކަން ފާހަގަކުރައްވައި، ސަރުކާރުން މި ދާއިރާއަށް ޚާއްޞަ އިސްކަމެއް ދެއްވާ ކަމަށެވެ. އަދި މި ދާއިރާގައި ހުރި ގޮންޖެހުންތައް ޙައްލުކުރުމަށް މަސައްކަތްތަކެއް ކުރިއަށްދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފާއިތުވި އަހަރުތަކުގައި ގްރޭޑް 1 އިން 7 އަށް ކިޔަވާ ދަރިވަރުންގެ ތެރެއިން ދިވެހި، އިނގިރޭސި އަދި ހިސާބު މާއްދާތަކުން ފާސްވާ ދަރިވަރުންގެ އަދަދު ދަށްވެފައިވާކަން ފާހަގަކުރެއްވިއެވެ. މި މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމަށާއި، މުދައްރިސުންގެ ފެންވަރު މަތިކޮށް، ދަރިވަރުންނަށް ދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަކީ މި މައްސަލަ ޙައްލުކުރެވޭނެ ގޮތް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

“ފަށާ ތަޢުލީމަށް ދޭންޖެހޭ އިސްކަން ކުރީގައި ނުދެވި އޮތް މައްސަލަ ޙައްލުކުރުމަށް މިހާރު ވަނީ އިސްކަމެއް ދެވިފައެވެ. މީގެ ނަތީޖާ ފެންނާނީ ދުވަސްކޮޅެއް ފަހުންނެވެ. ކޮންމެ އަހަރަކުވެސް މީގެ ކުރިއެރުން ފެންނަމުންދާނެއެވެ. މި އަހަރުގެ އަމާޒަކީ މި ދަށްވަމުންދާ މިންވަރު ހުއްޓުވުމެވެ. އަދި އަންނަ އަހަރު އެއަށްވުރެ ރަނގަޅުކުރުމެވެ،” ރައީސް ވިދާޅުވިއެވެ.

ތަޢުލީމީ ދާއިރާގެ ފަރާތްތަކުންވެސް ފާހަގަކުރައްވާ ގޮތުގައި، ފަށާ ތަޢުލީމުގެ ފެންވަރު ދަށްވުމަކީ މަތީ ތަޢުލީމުގެ ފެންވަރަށްވެސް އަސަރުކުރާ ކަމެކެވެ. އެހެންކަމުން، މި މައްސަލައަށް އަވަސް ޙައްލެއް ހޯދުމަކީ ސަރުކާރުގެ އިސް ސިޔާސަތެކެވެ.

ތަޢުލީމީ ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި، އޯލެވެލް އަދި އޭލެވެލްގެ ނަތީޖާ ރަނގަޅުކުރެވޭނީ ފަށާ ތަޢުލީމުގެ ފެންވަރު މަތިކޮށްގެންނެވެ. އެ ކަމަށް އިސްކަންދީގެން މަސައްކަތްތަކެއް ފަށްޓަވާފައިވާ ކަމަށްވެސް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ބިން ވިއްކާނެކަމަށް ބުނެ ފައިސާނެގި މައްސަލައިގަ އެޗްޑީސީގެ ކުރީގެ މުވައްޒަފަކަށް ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވައިފި

ޤައުމީ ދިފާއީ ބާރަށް އަލަށް ތައާރަފްކުރި ނިޝާން ރައީސް އިފްތިތާޙްކޮށްދެއްވައިފި

އަސްކަރިއްޔާއަށް ގެންނަ ތަރައްޤީއާމެދު ޤައުމީ ލޯބި ހުންނަ ކޮންމެ މީހަކުވެސް ފަޚުރުވެރިވާންޖެހޭނެ: ރައީސް

ހިޔާވަހި ފައިނޭންސިންގ ސްކީމަށް ކުރެހުން ހުށަހެޅުމުގައި އިތުރު ލުއިތަކެއް

TTH Advertisement MTCC Advertisement