ކުއްލި ޚަބަރު

އަބްދުއްރަހްމާން މަރުވީ ބޮލަށް ލިބުނު ގެއްލުމުގެ ސަބަބުން: އޮޓޮޕްސީ ރިޕޯޓް

މާލޭ ސިޓީ ކައުންސިލުން ހަ މަސް ތެރޭގައި 4،500 ގަސް އިންދައިފި

ރާއްޖޭގެ އޭއައި އެސެސްމެންޓް ރިޕޯޓް އިފްތިތާހް ކޮށްފި

ޣައްޒާގެ ހާލަތާ ގުޅިގެން އަޑުއުފުލުމަށް ސައިކަލު ބުރު މާދަމާ ބާއްވަނީ!

ޣައްޒާގައި ހިނގަމުންދާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކާ ގުޅިގެން އަޑުއުފުލުމަށްޓަކައި، ދީނީ ޢިލްމުވެރިންނާއި މަދަނީ ޖަމްޢިއްޔާތަކުގެ އިސްނެގުމުގެ މަތިން ސައިކަލު ބުރެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

މި ސައިކަލު ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހުކުރު ދުވަހުގެ ހަވީރު މާލޭގައެވެ. މި ކަން އިޢުލާނު ކުރައްވަމުން، ދީނީ ޢިލްމުވެރިޔާ ޝައިޚް އާދަމް ނިޝާން ބިން ޢަލީ އާދަމް ވަނީ އިޖްތިމާޢީ ވިއުގަތަކުގައި މި މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

އިއްޔެ ބޭއްވުނު ނޫސްވެރިންގެ ޚާއްޞަ ބައްދަލުވުމެއްގައި، މި ސައިކަލު ބުރާ ގުޅޭ އިތުރު ތަފްޞީލުތައް ހާމަކުރެވުނެވެ. މި ބައްދަލުވުމުގައި، ޢިލްމުވެރިން ވަނީ ޣައްޒާގެ ރައްޔިތުންގެ ޙައްޤުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ގޮވާލައްވާފައެވެ.

އިސްރާއީލުގެ އަނިޔާވެރި ޢުދުވާނުގެ ސަބަބުން ޣައްޒާގައި ދިމާވެފައިވާ އިންސާނީ ކާރިސާގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް 50،752 މީހުން ޝަހީދުވެ، 115،475 މީހުން ޒަޚަމްވެފޚަމްވެފައިވެއެވެ. އަދި ވަގުތީ ހުއްޓުމަކަށްފަހު މާރޗް 18 ގައި އަލުން ފެށުނު ހަމަލާތަކުގައި 1،400 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 3،000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާކަން ފާހަގަކުރެވެއެވެ. މި ޝަހީދުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭކަން ވެސް ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

އަބްދުއްރަހްމާން މަރުވީ ބޮލަށް ލިބުނު ގެއްލުމުގެ ސަބަބުން: އޮޓޮޕްސީ ރިޕޯޓް

112

މާލޭ ސިޓީ ކައުންސިލުން ހަ މަސް ތެރޭގައި 4،500 ގަސް އިންދައިފި

112

ރާއްޖޭގެ އޭއައި އެސެސްމެންޓް ރިޕޯޓް އިފްތިތާހް ކޮށްފި

398785 939f3473 1

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް ވަޑައިގެންފި

ELL Mobile Advertisement TTH_advertisement