ކުއްލި ޚަބަރު

ޑްރޯންގެ އެހީގައި ލަންކާގެ ދެ މަސް ބޯޓެއް އަނެއްކާވެސް އަތުލައިގެންފި

ކައިރިކައިރީ އިންތިޚާބުތައް އޮތުމުން ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަންކުރަން އެކަށީގެންވާ ފުރުސަތެއް ނުލިބޭ: އާދަމް ޝަރީފް

ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުޚާނާ ގާއިމްކުރުމުން ގދ. އަތޮޅުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ: ޝިޔާމް

ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާ އިންޑިއާއަށް ގެންގޮސްފި

Big qfovuxhga9pyqgiftnofy0teg
އައިޖީއެމްއެޗް — ފޮޓޯ: ޕީއެސްއެމް

އއ. ރަސްދޫގެ ގެއެއްގެ ކޮޓަރިއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާ، އިތުރު ފަރުވާއަށް އިންޑިއާއަށް ގެންގޮސްފިއެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ 11:15 ހާއިރު ރަސްދޫގެ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ފިހިފައިވަނީ ކުރިން ކައިވެނީގެ ގޮތުން ގުޅިގެން އުޅުނު ދެ މީހަކަށެވެ.

އެ އަލިފާނުގެ ހާދިސާގައި އެންމެ ބޮޑަށް އަނިޔާވެފައިވަނީ އަންހެން މީހާއަށެވެ. އޭނާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މިދިޔަ މަހުގެ 31 ވަނަ ދުވަހު ވަނީ މަރުވެފައެވެ.

ފިރިހެން މީހާގެ ހާލު ވެސް ސީރިއަސް ވެފައިވާ އިރު، އޭނާއަށް ފަރުވާދެމުންދިޔައީ ވެންޓިލޭޓަރުގައެވެ. ނަމަވެސް ފަހުން ވެންޓިލޭޓަރުން ނަގައި އައިސީޔޫގައި ފަރުވާދޭން ވަނީ ފަށައިފައެވެ. އަދި މިހާރު އޭނާ ވަނީ އިންޑިއާއަށް ގެންގޮސްފައެވެ.

އައިޖީއެމްއެޗުން ބުނީ އިތުރު ފަރުވާއަށް އޭނާ އިއްޔެ ރާއްޖެއިން ބޭރަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

66

ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި

990

މާލޭގެ ގެއެއްގައި ރޯވެ ގެއްލުންތަކެއް

Amaan

އަލިފާނުގެ ހާދިސާގައި އަމާން ދޯދި ޓަވަރު އެއްގެ ފެންހޮޅިތަކަށް ގެއްލުން ވެއްޖެ

Mm

ދީނީ އިލްމުވެރިޔާ އަޒީބެ އަށް ސްޓްރޯކެއް ޖެހިގެން ފަރުވާދެނީ

TTH_advertisement