ކުއްލި ޚަބަރު

ޓައިމް މެގަޒިންގެ ސިއްހީ ދާއިރާގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓަށް ރައީސް މުއިއްޒު

ޑްރަގް އެތެރެ ކުރި މައްސަލައެއްގައި ޕާކިސްތާން މީހަކު އުމުރަށް ޖަލަށް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

އޭޕްރިލް 13 އެއީ ޙައްޖު މޫސުމުގެ ކުރިން ޢުމްރާވެރިންނަށް ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރެވޭނެ ފަހު ތާރީޚް

ސަޢުދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާއާބެހޭ ވުޒާރާއިން ވަނީ ކުރިއަށް އޮތް ޙައްޖު މޫސުމަށް ތައްޔާރުވުމުގެ ގޮތުން މުހިންމު އިޢުލާނެއް ކޮށްފައެވެ. މި އިޢުލާނުގައި ބޭރު ޤައުމުތަކުން ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކޮށްފައިވާ ޢުމްރާވެރިން އޭޕްރިލް މަހުގެ 29 ވަނަ ދުވަހުގެ ކުރިން ސަޢުދީ ޢަރަބިއްޔާއިން ފުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އެ ވުޒާރާއިން ނެރުނު ބަޔާނުގައި ވާގޮތުން، ޙައްޖު މޫސުމުގެ ކުރިން ޢުމްރާ އަދާކުރުމަށް ބޭރު ޤައުމުތަކުގެ ޢުމްރާވެރިންނަށް ސަޢުދީ ޢަރަބިއްޔާއަށް ވަދެވޭނެ އެންމެ ފަހު ތާރީޚަކީ އޭޕްރިލް މަހުގެ 13 ވަނަ ދުވަހެވެ. އަދި އޭޕްރިލް މަހުގެ 29 ވަނަ ދުވަހުގެ ކުރިން ހުރިހާ ޢުމްރާވެރިން ވެސް ސަޢުދީ ޢަރަބިއްޔާއިން ފުރަންޖެހޭނެއެވެ. މި ތާރީޚަށްފަހު ސަޢުދީ ޢަރަބިއްޔާގައި ޢުމްރާވެރިން ތިބުމަކީ ޤާނޫނީ ފިޔަވަޅު އެޅޭނެ ކަމެއްކަމުގައި އެ ވުޒާރާއިން ސަމާލުކަން ދީފައިވެއެވެ.

ޢުމްރާވެރިންނާއި ޢުމްރާވެރިން ސަޢުދީ ޢަރަބިއްޔާއަށް ގެންދިއުމުގެ ޚިދުމަތް ފޯރުކޮށްދޭ ޖަމާޢަތްތަކަށް މި ތާރީޚުތަކަށް ސަމާލުކަން ދިނުމަށާއި، ކަނޑައެޅިފައިވާ ޤަވާޢިދުތަކާއި އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެ ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ.

އިތުރު ފިޔަވަޅެއްގެ ގޮތުން، ކަނޑައެޅިފައިވާ ތާރީޚުގެ ކުރިން ޢުމްރާވެރިން ސަޢުދީ ޢަރަބިއްޔާއިން ފުރައިގެން ނުދާނަމަ، އަދި އެކަން އެ ވުޒާރާއަށް ނާންގާނަމަ، ގިނަވެގެން 100,000 ރިޔާލުން ޖޫރިމަނާ ކުރެވޭނެ ކަމުގެ އިންޒާރު ވެސް އެ ވުޒާރާއިން ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mm

ޔަމަނުގައި ހަމަޖެހުން ގާއިމްކުރަން ސައުދީ އިސްވެ ކުރަމުންދާ މަސައްކަތަށް ރާއްޖެއިން މަރުހަބާ ކިޔައިފި

Dd

ސައުދީއިން ރާއްޖެއަށް 300 އަށް ވުރެ ގިނަ ސްކޮލަޝިޕަށް ހުޅުވާލައިފި

ޕާކިސްތާނުން ސައޫދީ އާއިއެކު ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފި

ސަޢުދީ ސަރުކާރުން ރާއްޖެއަށް އައު ސަފީރެއް

TTH_advertisement