ކުއްލި ޚަބަރު

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

މާވަށު ކަރަންޓުގެ ކެޕޭސިޓީ އިތުރު ކުރުމަށް 800 ކިލޯ ވޮޓުގެ އައު އިންޖީނެއް ގެންގޮސްފި

ލ. މާވަށުގެ ކަރަންޓު ޚިދުމަތުގެ ފެންވަރު މަތިކޮށް، ކެޕޭސިޓީ އިތުރުކުރުމުގެ މަޤްޞަދުގައި 800 ކިލޯވޮޓުގެ އައު ޖަނަރޭޓަރެއް އެ ރަށަށް ގެންދެވިއްޖެއެވެ.

ފެނަކަ ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި، މި ޖަނަރޭޓަރަކީ ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ލ. މާވަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި ގެންދެވުނު އިންޖީނެކެވެ. މިހާރު މި ޖަނަރޭޓަރު އިންސްޓޯލްކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

ފެނަކައިން އިތުރަށް ހާމަކުރެއްވި ގޮތުގައި، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އިންސްޓޯލްކުރުމުގެ މަސައްކަތް ނިންމައި، ޚިދުމަތް ދޭން ފެށޭނެކަމަށް ލަފާކުރެވެއެވެ.

ފެނަކަ ކޯޕަރޭޝަނުން ދިވެހިރާއްޖޭގެ 157 ރަށަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދެއެވެ. މި ރަށްތަކުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތައް ޙައްލުކޮށް، ކެޕޭސިޓީ އިތުރުކުރުމަށް އެ ކުންފުނިން ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މިގޮތުން، ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން، ވޭތުވެދިޔަ އަހަރު ނިމުނުއިރު 53 ރަށަކަށް 61 ޖަނަރޭޓަރު ސެޓު ފެނަކައިން ވަނީ ފޯރުކޮށްދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކޮޅުފުށީ ހައުސިން ޔުނިޓުތަކުގައި ފެނާއި ނަރުދަމާ ގާއިމުކުރުން ފެނަކައަށް

ފެނަކަ ބިލުތަކުން ސަބްސިޑީ ދޭނެކަމަށް ބުނެ ސްކޭމެއް ހިންގާތީ ސަމާލުވުމަށް އެދިއްޖެ

addu city

އައްޑޫ ކެޕޭސިޓީ 17 މެގަ ވޮޓަށް ރަމަޟާން މަހުގެ ކުރިން އިތުރު ކުރެވޭނެ: ނަޖާޙް

ކެޕޭސިޓީ އިތުރުކުރުމަށް ރަށްރަށަށް 93 ޖެނެރޭޓަރު ފޮނުވާފައިވާނެ: ނަޖާޙް

TTH_advertisement