ކުއްލި ޚަބަރު

ބޭސްފަރުވާގެ ކަންކަމުގައި އާރުޓީއެލް ފެރީގައި ހިލޭ ދަތުރުކުރެވޭނެ ގޮތް ހަދަނީ

ބްލެކްމެއިލްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 10 މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު އަމިއްލައަށް މަރުވާން އުޅެފި

ކުޅުދުއްފުށި ސިޓީގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ފަރާތަކުން އަމިއްލައަށް މަރުވުމަށް މަސައްކަތްކޮށްފިއެވެ.

ފުލުހުންގެ ފަރާތުން މީޑިއާއަށް މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ރޭ 21:12 ގައި ކުޅުދުއްފުށީގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ފަރާތަކުން އަމިއްލައަށް މަރުވުމަށް މަސައްކަތްކޮށްފައިވެއެވެ.

ފުލުހުން އިިތުރަށް ވިދާޅުވެފައިވަނީ، އުމުރުން 34 އަހަރުގެ އެ ފަރާތަށް މިހާރު ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.

މި ފަރާތަކީ މަސްތުވެފައި ހުރެ ގޭތެރޭގެ ތަކެއްޗަށް ގެއްލުން ދީ، ހަމަނުޖެހުން ހިންގި މައްސަލައެއްގައި އޭޕްރިލް 2 ވަނަ ދުވަހު ހައްޔަރުކުރެވުނު ފަރާތެއްކަން ފުލުހުން ހާމަކުރައްވާފައިވެއެވެ.

މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއެކު، ކަމާ ގުޅޭ މަޢުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާ ހިއްސާކުރެވިފައިވާނެ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

އަދި މި ހާދިސާ ތަޙްޤީޤުކުރުމަށް ފުލުހުންގެ މޭޖަރ ކްރައިމްސް ޑިޕާޓްމަންޓުގެ ޓީމެއް ކުޅުދުއްފުށްޓަށް ފޮނުވުމަށް ނިންމާފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވާފައިވެއެވެ.

މީގެ އިތުރުން، މި ހާދިސާ ހިނގާފައިވާ ގޮތުގެ އެތެރޭގެ ތަޙްޤީޤެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުގެ ޓީމުން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ ކަމަށްވެސް ފުލުހފުލުހުން ހާމަކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

211

ބޭސްފަރުވާގެ ކަންކަމުގައި އާރުޓީއެލް ފެރީގައި ހިލޭ ދަތުރުކުރެވޭނެ ގޮތް ހަދަނީ

211

ބްލެކްމެއިލްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

211

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 10 މީހަކު ހައްޔަރުކޮށްފި

112

ހުވާކުރުމުގެ ރަސްމިއްޔާތު މިރޭ، ޝަހީދު ނަން ނަގައިފި

ELL Mobile Advertisement TTH_advertisement