ކުއްލި ޚަބަރު

ޖަޕާނު ސަރުކާރުން ރާއްޖެއަށް ސީ އެމްބިއުލާންސްއެއް ހަދިޔާކޮށްފި

ރަސްމީ ދަތުރުފުޅެއްގައި ރައީސް ޖަރުމަނަށް ވަޑައިގަންނަވަނީ

އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ކަމުގެ މަގާމަށް މީހަކު ހޯދަނީ

ދުންފަތް މަނާކުރާ އުމުރު ކަނޑައަޅަން ރައީސް އާންމުންގެ ހިޔާލަށް ހުޅުވާލައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް، ދުންފަތް މަނާކުރާ “ޖެނަރޭޝަން ބޭން” ފަށާ އަހަރު ކަނޑެޅުމާ ގުޅޭގޮތުން އާންމުންގެ ހިޔާލަށް ހުޅުވާލައްވައިފިއެވެ.

އެކްސް މެދުވެރިކޮށް ރައީސް މިއަދު ހުޅުވާލެއްވި ޕޯލުގައި “ޖެނެރޭޝަން ބޭން” ކަނޑައަޅަން ތިން އޮޕްޝަނެއް ދެއްވައިފައެވެ.

“ޖެނެރޭޝަން ބޭން” ކަނޑައަޅަން ރައީސް ދެއްވި ތިން އޮޕްޝަނަކީ، 2000 ވަނަ އަހަރުގެ ފަހުން ވިހެއި އެންމެންނަށް، ނުވަތަ 2004 ވަނަ އަހަރުގެ ފަހުން ވިހެއި އެންމެންނަށް ނުވަތަ 2007 ވަނަ އަހަރުން ފެށިގެން ވިހެއި އެންމެންނަށް ދުންފަތުގެ ހުރިހާ އުފެއްދުމެއް މަނާކުރުމެވެ.

އާންމުންގެ ހިޔާލު ހޯދުމަށް ރައީސް ހުޅުވާލައްވާފައިވާ އިރު، ވަކި އުމުރެއްގެ މީހުންނަށް ދުންފަތް އެއްކޮށް މަނާކުރަން ކަމާބެހޭ ފަރާތްތަކާއި ޑޮކްޓަރުންގެ ލަފަޔާއެކު ޖެނެރޭޝަން ބޭން ގެނައުމަށް ކުރިއަށްއޮތް ދުވަސްތަކުގައި ކެބިނެޓް ކަރުދާހެއް ދިރާސާކޮށްގެން ތައްޔާރުކުރަން ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށް “ރައްޔިތުންނާއެކު” ޕޮޑްކާސްޓުގެ އިއްޔެގެ އެޕިސޯޑުގައި ރައީސް ވަނީ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޒުވާން ޖީލަށް އަމާޒުކޮށްގެން ދުންފަތް މަނާކުރުމުގެ ވިސްނުން ގެންގުޅުއްވަނީ ގިނަ ދުވަސްތަކެއް ވަންދެން ދުންފަތަށް ދެވި ހިފާފައި ތިބި މީހުން އެ އަމަލުން ދުރުކުރުމަށްވުރެ، އެކަމުން ޒުވާނުން ދުރުކުރަން ފަސޭހަވާނެތީ ކަމަށާއި ޒުވާނުން އެ ވަބާއިން ދުރުކުރުމަށް ބޭނުންފުޅުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

338785 01b42110 6

ރަސްމީ ދަތުރުފުޅެއްގައި ރައީސް ޖަރުމަނަށް ވަޑައިގަންނަވަނީ

452755 e131cce8 c

އަތްތެރިމަސައްކަތުގެ ފަންނުވެރި ގުމޭރިއާގެ ދިވެހި ފޭއްޔެއް ރައީސް މުއިއްޒަށް ހަދިޔާކުރައްވައިފި

452742 326d5e5a 1

ސަލީމް ލިޔުއްވި ފޮތް ރައީސް މުއިއްޒަށް ހަދިޔާކުރައްވައިފި

452740 480afb86 8

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

TTH_advertisement