ކުއްލި ޚަބަރު

ބްރިޖުން ދަތުރުކުރަނިކޮށް ކަންވާރު އެޅި އަނިޔާވެއްޖެ

މުސާރައާއި އިނާޔަތްތަކާ ގުޅޭ އުސޫލަށް ބަދަލު ގެންނަން އުޅޭ ވާހަކައަކީ ދޮގެއް: އެމްއޭސީއެލް 

ރިޓަޔާ ކުރައްވާއިރު މުއުތަސިމަށް ބޮޑު އިނާޔަތް ނުދޭން ނިންމައިފި

ފަޤީރުންނަށް ޒަކާތު ފައިސާ ޖަމާކޮށްފި

ފަޤީރުންގެ ދަފްތަރުގައި ޖެހިފައިއިވާ ކޮންމެ ފަރުދަކަށް 4،500 ރުފިޔާ ޖަމާކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިރޭ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވަނީ އެކަން ދެންމެ މީޑިއާތަކާއި ހިއްސާ ކުރައްވާފަ އެވެ.

މި އަހަރަކީ ހުރިހާ ފަޤީރުންނަށް އެއް ހަމައަކުން ފިތުރު ޒަކާތުގެ ފައިސާ ބެހި ފުރަަތަމަ އަހަރެވެ. އެ ބަދަލަކީ ޒަކާތުގެ މަޤުޞަދުގައި ހިމެނޭ އިޖްތިމާޢީ އަދާލަތު ޤާއިމުކުރުމުގެ ގޮތުން ގެނެވުނު ބަދަލެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ ކުރިން މިކަން ކުރާ ގޮތަކީ އެރަށަކުން ލިބޭ އެއްޗެެއް އެކަނި އެރަށަކަށް ބަހާ ގޮތަށެވެ. މިހާރުގެ ތަފާތަކީ މުޅިރާއްޖެއަކީ އެއްބައެއް ކަމުގައި ބަލައި އެގޮތުން ބެހުމެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ގޮވާމުން މާލެ އޭރިއާގެ ކޮންމެ ފަޤީރަކަށް 15 ކިލޯ ދޫކުރަން ނިންމާފައިވާ ކަމަށެވެ. އަދި ފަލަޞްޠީނުގެ ޣައްޒާގެ ކުޑަކުދިންގެ ކާބޯ ތަކެއްޗަށް ފަސް ލައްކަ ރުފިޔާ ހަދިޔާކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

ފަގީންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ހުޅުވާލައިފި

112

ބްރިޖުން ދަތުރުކުރަނިކޮށް ކަންވާރު އެޅި އަނިޔާވެއްޖެ

macl

މުސާރައާއި އިނާޔަތްތަކާ ގުޅޭ އުސޫލަށް ބަދަލު ގެންނަން އުޅޭ ވާހަކައަކީ ދޮގެއް: އެމްއޭސީއެލް 

2 7 9e3dbe5e3d

އިސްރަށްވެހިންނަށް އަމިއްލަ ނަފްސަށް އަޅާލުމާ ގުޅޭ ވޯކްޝޮޕެއް 

TTH_advertisement ELL Mobile Advertisement