ކުއްލި ޚަބަރު

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އެކި ފިހާރަތަކަށް ސައްހަނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމުގެ ސުންގަޑި އިތުރުކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމުގެ ސުންގަޑި އޭޕްރީލް 15 އަށް އިތުރުކޮށްފިއެވެ. ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން މި މަޢުލޫމާތު ހާމަކޮށްފައިވެއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މައުރަޒުގައި ބައިވެރިވުމުގެ ކުރީގެ ސުންގަޑިއަކީ މާރިޗު 31 އެވެ. ނަމަވެސް، ރަމަޟާން މަހުގެ ފަހު ދިހައެއްގައި ސަރުކާރު ބަންދުވުމާއި، ޢީދު ޗުއްޓީއާ ގުޅިގެން އަންނަ ބަންދު ދުވަސްތަކަށް ރިޢާޔަތްކޮށް، ވީހާވެސް ގިނަ ފަރާތްތަކަކަށް ބައިވެރިވުމުގެ ފުރުޞަތު ދިނުމަށްޓަކައި މި މުއްދަތު އިތުރުކޮށްފައިވާ ކަމަށް ބީސީސީން ބުނެފައިވެއެވެ.

މީގެ އިތުރުން، މައުރަޒުގައި ބައިވެރިކުރެވޭ އުފެއްދުންތަކުގެ އަދަދުގެ މައްޗަށް ކުރިން އޮތް ހަނިކުރުން ނައްތާލައި، ބޭނުންވާ އަދަދަކަށް ތަކެތި ބައިވެރިކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށްވެސް ބީސީސީން ހާމަކޮށްފައިވެއެވެ.

މައުރަޒުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އީ-ގަވް މެދުވެރިކޮށް އޮންލައިންކޮށް ލިބެން ހުރުމުގެ އިތުރުން، ބައިވެރިވުމަށް އެދޭ ފޯމު ފުރައިގެންވެސް ބައިވެރިވެވޭނެއެވެ. މި ފޯމު ބީސީސީގެ ހެޑް އޮފީހުންނާއި، އަތޮޅުތަކުގައި ޤާއިމުކުރެވިފައިވާ ބީސީސީ އޮފީސްތަކުންނާއި، އަދި ބީސީސީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ފުރިހަމަކުރެވިފައިވާ ފޯމު އީމެއިލް މެދުވެރިކޮށް ނުވަތަ ބީސީސީގެ ހެޑް އޮފީހަށް ނުވަތަ އަތޮޅުތަކުގެ ކޮންމެ ބިޒްނަސް ސެންޓަރަކަށް ހުށަހެޅިދާނެއެވެ.

މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ މިހާތަނަށް ބޭއްވޭ މިފަދަ އެންމެ ބޮޑު މައުރަޒު ކަމުގައި ވެގެންދާނެ ކަމަށް ބީސީސީން ފާހަގަކޮށްފައިވެއެވެ. މި މައުރަޒު ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ 2022 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. މައުރަޒު ކުރިއަށްދާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި މެއި 23 އިން 30 އަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޮންޓަޕްރިނިއަރޝިފް ފެސްޓިވަލްގައި ރާއްޖޭން ބައިވެރިވެއްޖެ

އެމް.އެސް.އެމް.އީ އެވޯޑްސް ނޮމިނޭޝަންތައް އިއުލާންކޮށްފި

އެމްއެސްއެމްއީ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ޒުވާނުންގެ ދުވަހާ ގުޅުވައިގެން ޒުވާން ވިޔަފާރިވެރިންނަށް “ވުނާރި ބިޒްނަސް ކޭމްޕް” ބާއްވައިފި

TTH_advertisement