ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ރަމަޟާންމަހަށް ފަހު ހެޔޮ ޢަމަލުކުރުން މަތީ ދެމިތިބެން އަޒުމަކަށް ހަދަންޖެހޭ: ޚުޠުބާ

ކުރެވުނު ހެޔޮ ޢަމަލުތަކަށް އަމިއްލަ ނަފުސަށް ބޮޑާވެ، ފަޚުރުވެރިވުމުގެ ސަބަބުން އެ ޢަމަލުތައް ބާޠިލުވެދާނެކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި އިންޒާރު ދެއްވައިފިއެވެ.

“ރަމަޟާންމަހަށް ފަހު ހެޔޮ ޢަމަލުކުރުން މަތީ ދެމިތިބުން” މި މައުޟޫޢުގައި ދެއްވުނު ޚުޠުބާގައި، މުއުމިނުންނަކީ ވަކި މަހެއްގައި ނުވަތަ މޫސުމެއްގައި އެކަނި އަޅުކަން ކުރަންޖެހޭ ބައެއް ނޫންކަން ހާމަކުރެއްވިއެވެ. އަދި މުޅި ޙަޔާތުގައިވެސް އަޅުކަމުގައި ދެމިތިބުމަށް އިލްތިމާސް ކުރެއްވިއެވެ.

ކުރެވިފައިވާ އަޅުކަންތަކަކީ ގިނަގުނަ ހެޔޮ ޢަމަލުތަކެއް ކަމުގައި ދެކިގެން ނުވާނެކަމަށާއި، އެފަދައިން ދެކުމަކީ އެ ޢަމަލުތައް ބާޠިލުވުމަށް މަގުފަހިވެދާނެ ކަމެއްކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ. އަދި ހެޔޮ ޢަމަލުތައް ކުރުމަށްފަހު އޭގެ މަތީ ދެމިތިބުމުގެ މުހިންމުކަން އަންގަވައި، ވަކި ޢަމަލެއްގެ މޮޅުކަމުން ނުވަތަ ގިނަކަމުން ސުވަރުގެ ޔަޤީންވީކަމަށް ދެކިގެން ނުވާނެކަމަށް ނަސޭހަތްތެރިވެވަޑައިގަތެވެ.

ރަމަޟާން މަހުގެ ޢަމަލުތަކާމެދު ވިސްނުމަށާއި، އެ މަހުގައި ކުރެވުނު ހެޔޮ ޢަމަލުތައް ދެމެހެއްޓުމަށް ގޮވާލެއްވިއެވެ. ޚާއްޞަކޮށް ފަރުޟު ފަސް ނަމާދު ޤަވާޢިދުން އަދާކުރުމާއި، ދުވާލަކު ޤުރްއާނުގެ ޞަފްޙާއެއް ނަމަވެސް ކިޔެވުމަށް ބާރުއެޅުއްވިއެވެ.

އިތުރުން، ގިނައިން ތައުބާވެ އިސްތިޣުފާރުކުރުމަށް އިރުޝާދު ދެއްވައި، ހެޔޮ ޢަމަލުތަކަކީ ނުބައި ކަންތައްތައް ފޮހެލާ ކައްފާރާއެއްކަން ހާމަކުރެއްވިއެވެ. އަދި ރަމަޟާން މަހު އަޅުކަމުގައި އުނިވެފައިވާނަމަ، ތައުބާވުމަކީ ލިބިފައިވާ ރަނުގެ ފުރުޞަތެއްކަން ހަނދާންކޮށްދެއްވިއެވެ.

ޝައްވާލު މަހުގެ ހަ ރޯދައިގެ މާތްކަމާއި، ފިޠުރު ޒަކާތުގެ މުހިންމުކަންވެސް ޚުޠުބާގައި ފާހަގަކުރެއްވިއެވެ. ޝައްވާލު މަހުގެ ހަ ރޯދައަކީ މުއުމިނުންނަށް ލިބޭ މަތިވެރި ނިޢުމަތެއްކަމަށާއި، ފިޠުރު ޒަކާތަކީ ރަމަޟާން މަހު ރޯދައިގައި އުނިވެފައިވާ ކަންކަން ފޫބައްދައިދޭ ވަސީލަތެއްކަން ބަޔާންކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hukuru khuthuba

ކުދީންގެ ހިތްތަކުގައި އީމާންކަމާއި މަތިވެރި އަޚުލާޤުގެ ބިންގާ އަޅައިދޭށެވެ: ޚުޠުބާ

hukuru khuthuba

އިސްރާއާއި މިޢުރާޖުގެ ޙާދިސާއިން އެނގެނީ ކޮންމެ އުނދަގޫކަމަކާ އެކު ފަސޭހަކަމެއް ވާނޭކަން: ޚުޠުބާ

hukuru khuthuba

ހެޔޮލަފާ ދަރިން ދެއްވުން އެދި ދުޢާ ކުރުމުގެ މުހިންމު: ޚުތުބާ

hukuru khuthuba

މަކަރުވެރި شيطانއާ، ތިޔަބައިމީހުން اللهއާ މެދު ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ: ޚުޠުބާ

TTH_advertisement