ކުއްލި ޚަބަރު

ކުއްލި: ހުރިހާ މުއާމަލާތެއް މެދުކަނޑާލައިފި، އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓްތައް ފެތުރެނީ

ވާދޫ ފަރަށް ކޮޅުވެއްޓިއެއް އަރައި ގެއްލުންތަކެއް ވެއްޖެ

ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް އަމިއްލައަށް ވޯޓުލާން ރަޖިސްޓްރީވާން ހުޅުވާލައިފި

މާދަމާ މިއަހަރުގެ ފުރަތަމަ އިރުކޭތަ ހިފާނެ!

މާދަމާ ހިފާނެ މިއަހަރުގެ ފުރަތަމަ އިރުކޭތަ ފެންނާނީ އެމެރިކާގެ އުތުރު-އިރުމަތީ ސަރަހައްދުތަކާއި ކެނެޑާގެ ބައެއް ހިސާބުތަކަށެވެ. މި އިރުކޭތައިގައި، ހަނދު ދުނިޔެއާއި އިރާ ދެމެދަށް އައިސް އެއްވަރަކަށް އެތުރިގެންދާނެއެވެ. މީގެ ސަބަބުން އިރުގެ އަލިކަން ކޮންމެވެސް ވަރަކަށް އަނދިރިވެގެންދާނެއެވެ. މި ޤުދުރަތީ މަންޒަރު ދުނިޔޭގެޔޭގެ ގާތްގަނޑަކަށް 800 މިލިއަން މީހުންނަށް ބަލައިލެވޭނެ ކަމަށް ލަފާކުރެވެއެވެ.

ނަމަވެސް، މާދަމާގެ އިރުކޭތަ ދިވެހިރާއްޖެ ހިމެނޭ ސަރަހައްދުގެ އެއްވެސް ޤައުމަކަށް ފެނިގެން ނުދާނެއެވެ. ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި، ދިވެހިރާއްޖެއަށް އެންމެ އަވަހަށް އިރުކޭތައެއް ފެންނާނީ 2027 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 2 ވަނަ ދުވަހުއެވެ.

އެހެންނަމަވެސް، މިއަހަރު ދިވެހިރާއްޖެއަށް ފުރިހަމަ ހަނދުކޭތައެއް ފެންނާނެ ކަމަށް ލަފާކުރެވެއެވެ. މި ހަނދުކޭތަ ހިފާނެ ކަމަށް ބެލެވެނީ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު
TTH_advertisement