ކުއްލި ޚަބަރު

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

ރާއްޖޭގައި މިހާރު ގޭންގެއް ނެތް: ރައީސް

އިނާޒު ދެއްވި ޔަގީންކަން: ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ޕެންޝަން އޮފީހުން ނުކުރޭ

ފަލަސްޠީނުގެ ބިމުގައި ޔަހޫދީން އާބާދުކުރުމަށް ކުރާމަސައްކަތްތައް ރާއްޖެއިން ކުށްވެރިކޮށްފި

ދިވެހި ސަރުކާރުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި، ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން އާބާދުކުރުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތްތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ބަޔާނުގައި، އިސްރާއީލުން މި ކުރަމުންދާ މަސައްކަތްތަކަކީ އދ. ގެ ސަލާމަތީ މަޖިލީހުގެ ޤަރާރު 2334 އާ ފުށުއަރާ އަދި ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ޢަމަލުތަކެއްކަމަށް ފާހަގަކޮށްފައިވެއެވެ.

ޚާރިޖީ ވުޒާރާއިން އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ފަލަސްޠީނުގެ ރައްޔިތުން ޣައްޒާއިން މަޖުބޫރުން ނެރުމަށް އިސްރާއީލު ސަރުކާރުން އޭޖެންސީއެއް ޤާއިމުކުރުމަށް ނިންމާފައިވާ ނިންމުމާއި، ހުޅަނގު އައްސޭރީގައިވާ 13 ޣައިރުޤާނޫނީ އާބާދީއަށް ޤާނޫނީ ހައިސިއްޔަތު ދިނުމަށް ރާވާފައިވާ ރޭވުންތަކަކީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަންތައްތަކެވެ.

މި ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ، މިފަދަ ޢަމަލުތަކަކީ ސަރަޙައްދުގެ ޞުލްޙަ ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅޭ އަދި ފަލަސްޠީނުގެ ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި ކަރާމާތަށް ނުރައްކާވާފަދަ ކަންތައްތަކެއްކަމަށެވެ. އަދި މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި ޙައްލެއް ހޯދޭނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިވާ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، ފަލަސްޠީނަކީ މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރުހިނގާ ދައުލަތެއްގެ ގޮތުގައި ޤާއިމުކުރެވުމުންކަމަށް ދިވެހިރާއްޖެއިން ދެކޭކަމަށް މި ބަޔާނުގައި ތަކުރާރުކޮށް ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ހައްޔަރުކޮށްދިނުމަށް ބެން-ގްވީރް، ނަތަންޔާހޫގެ ކިބައިން އެދިއްޖެ

ފަލަސްތީނު ގައިދީންނަށް މަރުގެ އަދަބު ދިނުމުގެ ބިލް ފާސްވުމުން ބެން-ގްވީރް ޕާލަމެންޓްގައި މެޓާ ބަހައިފި

ރޭޕް ވީޑިއޯ ލީކްކޮށްލުމަކީ އިސްރާއީލުގެ ޕީއާރަށް މިހާތަނަށް ދެވުނު އެންމެ ނުރައްކާރެރި ހަމަލާ: ނަތަންޔާހޫ

ފަލަސްތީނު މިނިވަން ދައުލަތް އުފައްދަން ޝަރުތުކުރާތީ ސައުދީ އަރަބިއްޔާއަށް ވަރަށް ބޮޑަށް މަލާމާތްކޮށްފި

TTH_advertisement