ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ރަށްވެހި އާސާރުތައް ހިންގުމުގެ ޢިލްމީ ޤާބިލުކަން އިތުރުކުރުމަށް ތަމްރީނުތަކެއް ހިންގަނީ

ރަށްވެހި އާސާރުތައް ހިންގުމުގެ ޢިލްމީ ޤާބިލުކަން އިތުރުކުރުމަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށް ސަރުކާރުން ނިންމައިފިއެވެ.

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު، އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެފައިވަނީ ރަށްވެހި އާސާރުތައް ހިންގުމުގެ ޢިލްމީ ޤާބިލުކަން މުޅި ރާއްޖެއަށް އާންމުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި، ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ޢިލްމީ ތަމްރީނު ކޯސްތައް މުޅި ރާއްޖޭގައި ފެށުމަށް ވަނީ ރޭވިފައެވެ.

ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ފަށްޓަވާފައިވާ ދިވެހި ނެޝަނަލް އައިޑެންޓިޓީގެ މަފްހޫމާ އެއްގޮތަށް، ދާރުލްއާސާރުތައް އެކަށައެޅުމާއި ބެލެހެއްޓުމުގެ ފަންނީ އަދި ޢިލްމީ ޤާބިލުކަން މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، އެކި ޤައުމުތަކުގެ ކަމާބެހޭ އިސްފަރާތްތަކާއެކު މަޝްވަރާތައް ކުރެވި، ތަމްރީނު ޕްރޮގްރާމްތައް ފޯރުކޮށްދިނުމުގެ އަމަލީ މަސައްކަތްތައް ފެށުމަށް ވަނީ މަގުފަހިވެފައެވެ. މީގެ އިތުރުން، ވުޒާރާގެ މުވައްޒަފުން މިހާރުވެސް ވަނީ ބައެއް ތަމްރީނުތައް ފުރިހަމަކޮށްފައެވެ.

ވަޒީރު އިތުރަށް ހާމަކުރެއްވި ގޮތުގައި، ކުރިއަށް އޮތް މަހުގެ 17 ވަނަ ދުވަހު ވުޒާރާގެ ދެ މުވައްޒަފަކު ޗައިނާއަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުގެ މަޤްޞަދަކީ މިކަމާ ގުޅުންހުރި އިތުރު ތަމްރީނުތައް ހޯދުމެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތަކާ އެއްގޮތަށް، ތަރިކަ އިޢާދަކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން، ކޮންމެ ރަށެއްގައިވެސް ފަރުދީ، ޖަމާޢަތީ އަދި ރަށު ފެންވަރުގައި އެކި ބާވަތްތަކުގެ އާސާރުތައް ތަޢާރަފުކުރުމުގެ ޤާބިލުކަން އުފެއްދުމަށް މަސައްކަތްކުރާނެ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

990

ރޯދަ މަހަށް ހާއްސަ ކެއްކުމުގެ މުބާރާތެއް، އަވަހަށް ބައިވެރިވެލައްވާ!

Salaah

ދިވެހި ތަރިކަ ދިރާސާކުރާ ސްކޮލާޝިޕަށް ގިނަ ބަޔަކު ކުރިމަތިލައިފި

އ9ެ

ދިވެހި ބަހުގެ މިނިސްޓްރީއާ ގުޅިގެން އީދު ފާހަގަކުރުމުގެ ފުރުސަތު ހުޅުވާލައިފި

Whatsapp image 2025 03 26 at 00.33.53

ކެލާގެ ރަށްވެހި އާސާރު ތަރައްގީކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފި

TTH_advertisement