ކުއްލި ޚަބަރު

އުއްތަމަފަނޑިޔާރުކަމަށް ޣަނީ އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

ނައިފަރުން 15 އަހަރުގެ ކުއްޖެއް ގެއްލިގެން ހޯދަނީ

ޓޫރިޒަމް ޓްރަސްޓް ފަންޑް ހިންގަން 7 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލަނީ

އުމުރުގައި ދެއްވާނެ އެންމެ މަތިވެރިކަން ހާސިލުކުރެވިދާނެ ރެއަކީ ލައިލަތުލްގަދުރި: ޚުތުބާ

މިއަދު ހުކުރު ދުވަހުގެ ހުތުބާގައި ބުނެފައިވަނީ މީހަކަށް މުޅި އުމުރުގައި ދެއްވާނެ އެންމެ މަތިވެރިކަން ހާސިލުކުރެވިދާނެ ރެއަކީ ލައިލަތުލްގަދުރި ކަމަށެވެ. މިއަދުގެ ހުތުބާގައި މިކަން ފާހަގަކޮށް، ރަމަޟާން މަހުގެ ފަހު ދިހައިގެ މުހިންމުކަމާއި ލައިލަތުލްގަދުރީގެ މަތިވެރިކަން ބަޔާންކޮށްދީފައިވެއެވެ.

ހުތުބާގައި ބުނެފައިވާ ގޮތުގައި، ލައިލަތުލްގަދުރީގައި ކުރާ ހެޔޮކަމުގެ ދަރުމަ އެ ނޫން ވަގުތުގައި، އެއް ހާސް މައްސަރުގައި ކުރާ ހެޔޮކަމަށް ވުރެ މަތިވެރިކުރައްވައިފައިވެއެވެ. އަދި މިއީ މާތްﷲ އެ ރެއެއްގައި މީހަކަށް މުޅި އުމުރުގައި ދެއްވާނެ އެންމެ މަތިވެރިކަން ހާސިލުކުރެވިދާނެ ރޭކަމަށްޭކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ފާހަގަކޮށްފައިވަނީ ރަމަޟާން މަހުގެ ފަހު ދިހައިގައި އިއުތިކާފަށް އިނުމުގެ މުހިންމުކަމެވެ. އިއުތިކާފަށް އިންނަ މީހާ، ބޭކާރު ކަންތައްތަކާއި ވާހަކަތަކުން ދުރުހެލިވެ، މާތްﷲ އަށް އަޅުކަންކުރުމާއި ކީރިތި ގުރުއާން ކިޔެވުމާއި ޒިކުރުކުރުމުގައި ވަގުތު ހޭދަކުރުމުގެ މުހިންމުކަން ހުތުބާގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ހުތުބާގައި ފިތުރު ޒަކާތުގެ މުހިންމުކަން ވެސް ފާހަގަކޮށްފައިވެއެވެ. ފިތުރު ޒަކާތަކީ ރޯދަމަހު ރޯދަތައް ހިފި އިރު، ކުރެވިފައިވާ އުނި ކަންކަން ފޫބައްދައިދޭ ކަމެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

މި ހުތުބާއިން އެނގޭ ގޮތުގައި، ރަމަޟާން މަހުގެ ފަހު ދިހައިގެ މުހިންމުކަމާއި، ޚާއްޞަކޮށް ލައިލަތުލްގަދުރީގެ މަތިވެރިކަން ވަރަށް ބޮޑުކަން ފާހަގަކުރެވެއެވެ. އަދި މި ދުވަސްތަކުގައި ހެޔޮ އަމަލުތައް އިތުރުކޮށް، އަޅުކަމުގައި ދެމިތިބުމުގެ މުހިންމުކަން ވެސް ހުތުބާއިން ހާމަވެގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޒަކާތުގެ ދެވަނަ ބައިނަލްއަޤްވާމީ މަހާސިންތާ ބާއްވަނީ

ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުއްވައިލައްވައިފި

އުއްތަމަފަނޑިޔާރުކަމަށް ޣަނީ އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

ނައިފަރުން 15 އަހަރުގެ ކުއްޖެއް ގެއްލިގެން ހޯދަނީ

ELL Mobile Advertisement TTH_advertisement