ކުއްލި ޚަބަރު

ކަނޑު ބޯޓަކުން ލ.މާމެންދޫއަށް ގެންދިޔަ މަސްތުވާތަކެތި އަތުލައިގެންފި

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މަސީހު 10 ދުވަހަށް ބަންދުކޮށްފި

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި

ގިނަ ހިދުމަތްތަކެއް ލިބޭގޮތަށް މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކަށް ޕްރިމިއަމް އިކޮނޮމީ

51362324 10155713772127583 8080561078536241152 n
މޯލްޑިވިއަންގެ ފުލައިޓެއް — ފޮޓޯ: މޯލްޑިވިއަން

ގައުމީ އެއާލައިން، މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކަށް ޕްރިމިއަމް އިކޮނޮމީ ކްލާސް ތައާރަފުކޮށްފިއެވެ.

މޯލްޑިވިއަން ހިންގާ، އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން ބުނީ އެތެރޭގެ އުދުހުންތަކަށް މިހާރު ހަމައެކަނި އިކޮނޮމީ ކްލާސްގެ ޓިކެޓު ވިއްކަމުންދިޔަ ނަމަވެސް އަންނަ މަހުގެ 13 ވަނަ ދުވަހުން ފެށިގެން “ޕްރިމިއަމް އިކޮނޮމީ އެކްސްޕީރިއަންސް” ވެސް ތައާރަފުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ޕްރިމިއަމް އިކޮނޮމީ ކްލާސްގައި ދަތުރުކުރާ ފަރާތްތަކަށް ހާއްސަ އޮފާތަކެއް ލިބިގެންދެއެވެ. އެގޮތުން އެގޮތުން، 25 ކިލޯގެ ބެގެޖު އެލަވަންސާއި އިތުރު ޗާޖަކާ ނުލައި ޓިކެޓުގެ ތާރީހު އެއް ފަހަރު ބަދަލުކުރެވުމާއި އަވަހަށް ޗެކިންގެ ހިދުމަތް ލިބުން ފަދަ ކަންކަން ހިމެނެއެވެ.

ޕްރިމިއަމް އިކޮނޮމީގައި ދަތުރުކުރާ ފަސިންޖަރުންނަށް ފުލައިޓުގައި ކޮމްޕްލިމެންޓަރީ ނާސްތާއަކާއި ބުއިމެއްވެސް ދޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. އަދި އެ ފަރާތްތަކަށް ލަގެޖު އަވަހަށް ލިބޭ ފާސްޓް ޓްރެކް ބެގޭޖު ހެންޑަލިންގެ ހިދުމަތް ވެސް ލިބެއެވެ.

އޭގެ އިތުރުން މާލޭގައި ފަސިންޖަރުންނަށް މޫނިމާ ލައުންޖަށް ވަދެ، ދަތުރުގެ ކުރިން އަރާމުކޮށްލައި، އެ ލައުންޖުގެ ރިފްރެޝްމެންޓާއި އެހެނިހެން ވަސީލަތްތައް ހޯދުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ދަރަވަންދޫ އާއި އިފުރުން ފުރާ ފަސިންޖަރުންނަށް ވެސް އެ އެއާޕޯޓުގެ ލައުންޖުތަކަށް ވަދެ ހިދުމަތް ހޯދުމުގެ ފުރުސަތު ވެސް ފަހިކޮށްދިނުމަށް ވަނީ ހަމަޖައްސައިފައެވެ.

މޯލްޑިވިއަންގެ ޕްރިމިއަމް އިކޮނޮމީގެ ޓިކެޓުތައް އެ އެއާލައިންގެ ވެބްސައިޓުންނާއި މޮބައިލް އެޕް ނުވަތަ އެހެނިހެން ބުކިން ޗެނަލްތައް މެދުވެރިކޮށް ބުކް ކުރެވޭނެގޮތަށް މިހާރު ވަނީ ހުޅުވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

FDC

ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އަވަސްކުރުމަށް ދަނީ މަސައްކަތްކުރަމުން: އެފްޑީސީ

police

ކަނޑު ބޯޓަކުން ލ.މާމެންދޫއަށް ގެންދިޔަ މަސްތުވާތަކެތި އަތުލައިގެންފި

ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭނުގެ ޚިދުމަތް ފަށަނީ

މިދިޔަ ކުއާޓަރުގައި އެމްޓީސީސީން 9 މަޝްރޫޢެއް މުޅިން ނިންމައި، 64 މަޝްރޫޢެއް އަލަށް ފެށި

TTH_advertisement ELL Mobile Advertisement