ކުއްލި ޚަބަރު

ހަފްތާ ބަންދުގައި މޫސުން އޮތީ ވަރަށްގޯސްކޮށް، ސަމާލުވޭ!

ތިނަދޫގެ މޭޔަރާއި ޑެޕިޔުޓީ މޭޔަރު މުސާރަ ނުލިބޭގޮތަށް ސަސްޕެންޑުކޮށްފި

ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވީ ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު

މަޝްހޫރު އިސްލާމީ އިލްމުވެރިޔާ އިސްހާޤް އަލް ޙުވައިނީ އަވަހާރަވެއްޖެ

ބައިނަލްއަޤްވާމީ ފެންވަރުގައި މަޝްހޫރު އިސްލާމީ އިލްމުވެރިއެއް ކަމުގައިވާ ޝައިޚް އަބޫ އިސްހާޤް އަލް-ޙުވައިނީ އަވަހާރަވެއްޖެއެވެ.

މިޞްރުގެ ނަންމަޝްހޫރު އިލްމުވެރިއެއް ކަމަށްވާ ޝައިޚް އަބޫ އިސްހާޤް އަލް-ޙުވައިނީއަކީ އިސްލާމީ ދުނިޔޭގައި އެންމެ އިސްކޮށް ފާހަގަކުރެވޭ ހަދީޘް އިލްމުވެރިންވެރިންގެ ތެރެއިން ބޭފުޅެކެވެ. އެ މަނިކުފާނު އަވަހާރަވެވަޑައިގަތީ ޞިއްޙީ ފަރުވާ ހޯއްދަވަމުން ގެންދެވިއިރު ހަސްފަތާލުގައެވެ. އެ މަނިކު މަނިކުފާނުގެ ދަރިކަލުން، ހާތިމް އަލް-ޙުވައިނީ ވަނީ ޝައިޚް އަބޫ އިސްހާޤް އަލް-ޙުވައިނީ އަވަހާރަވެވަޑައިގަތް ޚަބަރު އިޖުތިމާޢީ މީޑިއާގައި ހިއްސާކުރައްވާފައެވެ.

ޝައިޚް އަލް-ޙުވައިނީ އުފަންވެވަޑައިގަތީ 1956 ވަނަ އަހަރު މިޞްރުގެ ޙުވައިނީ ކިޔާ ރަށަކަށެވެ. އެ މަނިކުފާނުގެ އަސްލު ނަންފުޅަކީ ހިޖާޒީ މުޙައްމަދު ޔޫސުފް ޝަރީފެވެ. އަލް-ޙުވައިނީގެ ނަމުން އެ މަނިކުފާނަށް ނިސްބަތްކުރެވެނީ އުފަންވެވަޑައިގެންނެވި ރަށުގެ ނަމާ ގުޅުވައިގެންނެވެ.

މަދަރުސީ ތަޢުލީމު ފުރިހަމަކުރެއްވުމަށްފަހު ޝައިޚް އަލް-ޙުވައިނީ ވަނީ މިޞްރުގެ ޤާހިރާއަށް ވަޑައިގަންނަވައި، އެހެން ބޭފުޅުންނާއެކު ޝައިޚް ޢަބްދުލްޙަމީދު ކު ކިޝްކުގެ ދަރުސްތަކުގައި ބައިވެރިވެވަޑައިގަންނަވައި އިލްމު ހާޞިލްކުރައްވާފައެވެ. އޭގެފަހުން ޢައިން ޝަމްސް ޔުނިވަރސިޓީއަށް ވަޑައިގެން އެ ޔުނިވަރސިޓީން ސްޕެނިޝް ބަހާއި އަދަބިއްޔާތު ދިރާސާކުރައްވާފައިވެއެވެ. ނަމަވެސް އެ ދުވަސްވަރުވެސް އެ މަނިކުފާނުގެ އެންމެ ބޮޑު ޝައުޤުވެރިކަމެއް ހުރީ މަޝްހޫރު ޝައިޚް މުޙައްމަދު ނާޞިރުއްދީން އަލް-އަލްބާނީގެ މުއައްލަފާތްތައް ދިރާސާކުރެއްވުމަށެވެ.

ޔުނިވަރސިޓީގައި ކުރެއްވި މިންނެތް މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މަތީ ތަޢުލީމު ހާޞިލްކުރެއްވުމަށް ސްޕެއިނަށް ދަތުރުކުރެއްވުމުގެ ފުރުޞަތު ޝައިޚް އަލް-ޙުވައިނީއަށް ލިބިވަޑައިގަތެވެ. ނަމަވެސް ހުޅަނގުގެ ދިރިއުޅުމުގެ ވައްޓަފާޅިއާ އަހުލުވެރިވުމަށް ދަތިތަކާ ކުރިމަތިވެވަޑައިގަތުމާއެކު ކުރު މުއްދަތެއްގެ ތެރޭގައި އަނބުރާ މިޞްރަށް ވަޑައިގަތެވެ.

މިޞްރަށް އެނބުރި ވަޑައިގަތުމަށްފަހު ޝައިޚް އަލް-އަލްބާނީގެ މުއައްލަފާތްތައް ދިރާސާކުރެއްވުމުގައި ޝައިޚް އަލް-ޙުވައިނީ އަމިއްލަފުޅަށް މަސައްކަތް ކުރައްވަން ފެއްޓެވިއެވެ. އެ މަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި މަދަރުސާއާއި ޔުނިވަރސިޓީން ހާޞިލްކުރެއްވި ތަޢުލީމަށްވުރެ އަލް-އަލްބާނީގެ މުއައްލަފާތްތަކުން ލިބިވަޑައިގެންނެވި އިލްމީ ފައިދާތައް މާ މުހިންމެވެ. އެ މަނިކުފާނު ހަދީޘް ޢިލްމަށް ޝައުޤުވެރިވެވަޑައިގަތީ މި ހިސާބުންނެވެ.

މިޞްރުގައި ޝައިޚް މިޚް މުޙައްމަދު ނަޖީބް އަލް-މުޠީޢީގެ އަރިހުން ހަދީޘް ޢިލްމު އުނގެނިވަޑައިގަތުމަށްފަހު، ޝައިޚް އަލް-ޙުވައިނީ ދެން ދަތުރުކުރެއްވީ އުރުދުންނަށެވެ. އުރުދުންގައި ސީދާ ޝައިޚް އަލް-އަލްބާނީގެ އަރިހުން އުނގެނިވަޑައިގަތުމަށް އެ ޤައުމުގައި އެއް މަސްދުވަސް ހޭދަކުރެއްވިއެވެ. އޭގެފަހުން ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގަންނަވައި، ޝައިޚް މުޙައްމަދު ބިން ޞާލިޙް އަލް-ޢުޘައިމީންއާއި އެހެނިހެން އިލްމުވެރިންގެ އަރިހުން އިލްމު އުނގެނިވަޑައިގަތެވެ.

އެއަށްފަހު މިޞްރަށް އެނބުރި ވަޑައިގަންނަވައި، އިސްލާމްދީނުގެ ޙައްޤު މަގަށް މުސްލިމުންނާއި ޣައިރު މުސްލިމުން ދަޢުވަތުދެއްވުމުގައި އުމުރުފުޅުގެ ބޮޑު ބައެއް ހޭދަކުރެއްވިއެވެ. އެ މަނިކުފާނުގެ ޢިލްމީ މަސައްކަތްޕުޅުތަކާއި ދަޢުވަތުގެ މަސައްކަތްޕުޅުތަކުގެ ސަބަބުން، އިސްލާމީ ދުނިޔޭގައި އެންމެ އިސް ސަފުގައި ހިމެނިވަޑައިގަންނަވާ އިލްމުވެރިއެއްގެ ގޮތުގައި ޝައިޚް އަލް-ޙުވައިނީ މަޝްހޫރުވެވަޑައިގަތެވެ.

ޝައިޚް އަލް-ޙުވައިނީގެ އަވަހާރަވުމަކީ އިސްލާމީ އުންމަތަށް ލިބުނު ބޮޑު ގެއްލުމެކެވެ. އެ މަނިކުފާނުގެ ޢިލްމީ އަދި ދަޢުވަތުގެ މަސައްކަތްޕުޅުތަކުގެ އަސަރު މުޅި އިސްލާމީ ދުނިޔެއަށް ފޯރާފައިވެއެވެ. އަޅުގަނޑުމެން އެދެނީ މާތްﷲ އެ މަނިކުފާނަށް ސުވަރުގޭގެ މަތިވެރި ދަރަޖަ ދެއްވައި، އެ މަނިކުފާނުގެ ޢާއިލާއަށާއި މުޅި އުންމަތަށް ކެތްތެރިކަން ދެއްވުމެވެ. އާމީން.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister ameen

ވެހިކަލް ރަޖިސްޓްރީ ކުރުން %74.6 ވަނީ ދަށްވެފައި: އަމީން

dr. Shaheem

ބޮޑެތި ބަލި ހުންނަ ފަގީރުންނަށް ހާއްސަ އިންޝުއަރެންސެއް ތައާރަފުކުރަނީ

އެމްޑަބްލިއުއެސްސީ އިން ހުޅުމާލޭގައި ޤާއިމުކުރާ ފެން ރައްކާކުރާ ޕްލާންޓު އަންނަ ހަފްތާގައި ބޭނުން ކުރަން ފެށޭނެ: މަޠީން

A rainy day

ހަފްތާ ބަންދުގައި މޫސުން އޮތީ ވަރަށްގޯސްކޮށް، ސަމާލުވޭ!

TTH_advertisement ELL Mobile Advertisement