ކުއްލި ޚަބަރު

ކުޅުދުއްފުށީ ހޮސްޕިޓަލްގައި ޕްރައިވެޓް ރޫމް އެޅުމަށް ހަވާލުކޮށްފި

އެސްއީޒެޑްގައި ތެލާއި މިނެރަލް ހޯދުމުގެ މަސައްކަތް ހިމަނައިފި

ފުލުހުންނަށް އިންޒާރުދިން މައްސަލައަކާ ގުޅިގެން ޒާޔާ ފުލުސް އޮފީހަށް ހާޒިރުކުރަނީ

ކާނިވަލުގައި އާ ސްޓޭޖެއް ހަދަން ހަތަރު މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފި

carnival-stage
ކާނިވަލުގައި އަލަށް ހަދާ ސްޓޭޖުގެ ކުރެހުމެއް — ފޮޓޯ: މާލެ ސިޓީ ކައުންސިލް

އަލިމަސް ކާނިވަލުގައި އާ ސްޓޭޖެއް ހަދަން ހަތަރު މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން މިދިޔަ ހުކުރު ދުވަހު، ކާނިވަލުގެ އާ ސްޓޭޖުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޔޫއެޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެވެ.

ސިޓީ ކައުންސިލުން މިއަދު ބުނީ އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޖުމުލަ 140 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ކަމަށާއި އެއީ 4,847,000 (4.8 މިލިއަން) ރުފިޔާގެ މަޝްރޫއެއް ކަމަށެވެ.

އާ ސްޓޭޖުގެ ފޮޓޯއަކާއެކު މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޒަމާންތަކެއް ވަންދެން ހަލާކުވެ ވީރާނާވެފައިވާ އެ ސްޓޭޖު ދެން ފެނިގެންދާނީ އެންމެ ޒަމާނީ ފެންވަރުގެ ތަނެއްގެ ގޮތުގައި ކަމަށެވެ.

ކައުންސިލުން މިއަދު ވަނީ އަލަށް ހަދާ ސްޓޭޖުގެ ކުރެހުން ވެސް އާންމުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ހ ހުދުހުދު
ޑިޒައިން ރީއްޗެވެ......މިސްކިތްތަކުގައި ފައިވާން ވާރެއިން ހިޔާކުރެވޭނެ ގޮތެއް ހަމަ ނުކުރެވުނެވެ.

ގުޅުންހުރި

Male city council

ނައްތާލަން ބޭނުންވާ ބައު މުސްހަފުތައް ސިޓީ ކައުންސިލާ ހަވާލުކުރަން ހުޅުވާލައިފި

councilor nahula ali

ނަހުލާ ރަސްމީ ލިޔެކިޔުންތަކެއް ވީދާލި މައްސަލަ ފުލުހަށް ހުށަހަޅައިފި

މާލޭ ސިޓީ ކައުންސިލްގެ ގުރުއާން އަދި މަދަހަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

male city

ގޭގެ ނަންބޯޑު ފެންނަގޮތަށް ހަރުކުރަން މާލޭ ސިޓީ ކައުންސިލުން އަންގައިފި

TTH_advertisement