ކުއްލި ޚަބަރު

ސާކްގެ ދައުރު އިތުރަށް ފުޅާކުރަން ރައީސް ގޮވާލައްވައިފި

ފުވައްމުލަކާއި އައްޑޫ ފިޔަވައި ހުރިހާ ސަރަޙައްދަކަށް ވައިޓް އެލާޓް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑުކޮށްފި

ރައީސްގެ ދަރިކަލުންނާ ގުޅޭގޮތުން ދެއްކި ވާހަކަތަކާ ގުޅިގެން މަންދީ، ފައްޔާޒް އަދި އެމްޑީޕީއަށް ދައުވާކުރަނީ

Gls0kkkbiaahqga
އެމްޑީޕީން ބޭއްވި މުޒާހަރާއެއްގެ ތެރެއިން — ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ މުޒާހަރާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އަދި އެ ޕާޓީގެ މައްޗަށް ދައުވާކުރަން ރައީސް މުއިއްޒުގެ އާއިލާގެ ފަރާތުން ނިންމައިފިއެވެ.

ރައީސްގެ އާއިލާގެ ފަރާތުން ދައުވާކުރަން ނިންމާފައި މިވަނީ، އިދިކޮޅު އެމްޑީޕީގެ މުޒާހަރާއެއްގައި އެ ޕާޓީގެ އެކްޓިވިސްޓް މަންދީ ވަނީ ރައީސް މުއިއްޒުގެ ދޮށީ ފިރިހެން ދަރިކަލުން އުމައިރު ވޭޕް ބޭނުންކުރަމުންދިޔަ ކަމަށް ތުހުމަތުކޮށް ވާހަކަތަކެއް ދައްކައިފައެވެ.

އެ ވާހަކަތަކާ ގުޅިގެން މަންދީ އާއި ފައްޔާޒް އަދި އެމްޑީޕީއަށް ދައުވާކުރަން ރައީސް މުއިއްޒުގެ އާއިލާގެ ފަރާތުން ނިންމަވާފައިވަނީ ފަސްޓްލޭޑީ މެޑަމް ސާޖިދާ މުހައްމަދެވެ. މ. ދިމްޔާތުގައި އެކަމާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސްގެ އާއިލާގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސް ގާނޫނީ ވަކީލު އާޒިމާ ޝަކޫރު ވަނީ އެގޮތަށް ނިންމަވާފައިވާކަން ހާމަކުރައްވައިފައެވެ.

އެ މައްސަލައިގައި މެޑަމް ސާޖިދާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ ފަރާތްތަކާ މެދު ދައުވާކުރައްވަން ނިންމެވީ މަންމައެއްގެ ހައިސިއްޔަތުން ކުދިންގެ ރައްކާތެރިކަމަށްޓަކައި އަޅުއްވަން ޖެހިވަޑައިގަންނަވާތީ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމާ ވިދާޅުވީ އެ މައްސަަލައަކީ ޖިނާއީ މައްސަލަތަކެއް ހިމެނޭ ކަމެއް ނަމަވެސް، ޖިނާއީ މައްސަަލަތަކުގެ ބަދަލުގައި މަދަނީ މައްސަލަތައް ކުރިއަށްގެންދެވުމަށް މެޑަމް ސާޖިދާ ނިންމަވާފައިވާ ކަމަށެވެ.

މެޑަމް ސާޖިދާގެ ބަޔާނުގައި ވިދާޅުވީ އުމައިރަށް ނިސްބަތްކޮށް، މީޑިއާ އާއި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް މެދުވެރިކޮށް މި ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ހަގީގަތެއް ނެތް ދޮގު ވާހަކަތައް ފަތުރާ ކަމަށެވެ.

“އުމައިރަކީ ވޭޕް ނުވަތަ ދުންފަތުގެ އިސްތިއުމާލު ވެސް އެއްވެސް ގޮތަކަށް ކުރާ ނޫނީ ކޮށްފައިވާ ކުއްޖެއް ނޫން ކަމުގައި ތިޔަ އެންމެ ބޭފުޅުންގެ މައުލޫމާތަށްޓަކައި ވަރަށް ސާބިތުކަމާއެކު ދަންނަވަން،” މެޑަމް ސާޖިދާގެ ބަޔާނުގައި ވިދާޅުވިއެވެ.

އުމައިރަކީ 16 އަހަރުގެ ކުޑަކުއްޖެއްކަން ފާހަގަކުރައްވައި މެޑަމް ސާޖިދާ ވިދާޅުވީ ކޮންމެ ކުޑަކުއްޖަކީ ގާނޫނުއަސާސީންނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނީ އޮނިގަނޑުތަކުގެ ދަށުން ރައްކާތެރިކަން ލިބިގެންވާ ކުއްޖެއް ކަމަށެވެ. އަދި އުމައިރުގެ އިތުރުން ދޮށީ ދަރިކަނބަލުންނާއި ހަގު ދަރިކަލުންނަށް ވެސް ގަނާ އާއި ފުރައްސާރަކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

439683 8e74529a d

ސާކްގެ ދައުރު އިތުރަށް ފުޅާކުރަން ރައީސް ގޮވާލައްވައިފި

MDP Gafoor

އެމްޑީޕީގެ ވަގުތީ ޗެއާޕާސަނަކަށް ޣަފޫރު އިންތިޚާބުކޮށްފި

Mm

މާލޭގެ ރައްޔިތުންގެ އަޑުއައްސަވައި އެއްކޮޓަރީގެ ފްލެޓް ދޫކޮށްލުމުން އެހެން ފްލެޓެއް ދޭން ރައީސް ނިންމަވައިފި

Mm

ރައީސް މުއިއްޒު މާދަމާ ރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ

TTH_advertisement