ކުއްލި ޚަބަރު

ނައިފަރު ގުރުއާން ހިތުދަސްކުރާ މަރުކަޒު ހުޅުވައިފި

ޕެންޝަން އޮފީހުގެ ބަސް: 2.4 ބިލިޔަން ރުފިޔާގެ ބޮންޑު އިންވެސްޓްކުރުމުން އެއްވެސް ގެއްލުން ނުވާނެ

ކުޑަކުއްޖަކު ލައްވައި ކުށްކުރުވި ދެ މީހަކު ހައްޔަރުކޮށްފި

ފޯކައިދޫގައި އިސްލާމީ މަރުކަޒެއް، 11 ރަށެއްގައި މިސްކިތް އަޅަން ހަވާލުކޮށްފި

Islamm

ށ. ފޯކައިދޫގައި އިސްލާމީ މަރުކަޒެއް އެޅުމުގެ އިތުރުން ރަށެއްގައި މިސްކިތް އަޅަން އިސްލާމީކް މިނިސްޓްރީން މިއަދު ހަވާލުކޮށްފިއެވެ.

އިސްލާމީ މަރުކަޒުގެ ހޯލުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މަސައްކަތްތައް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއެވެ.

އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރޓޑ) އަޙުމަދު ސައުދީއެވެ. އަދި ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޭޖަރު (ރޓޑ) މުހައްމަދު ނަޖާހެވެ.

ފޯކައިދޫގައި އިސްލާމީ މަރުކަޒު އެޅުމުގެ މަސައްކަތް ހަވާލުކުރީ ފެނަކައާއެވެ. އެއީ ދެ އަހަރާއި ފަސް މަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އަށް މިސްކިތް އިމާރާތް ކުރުމަށް ފެނަކައާ ހަވާލުކުރިއިރު ބާކީ ތިން މިސްކިތް އިމާރާތް ކުރުމަށް ހަވާލުކުރީ އެމްޓީސީސީއާ ކަމަށެވެ.

ފެނަކައިން ހަވާލުވި މިސްކިތްތައް:

  • ތ. ހިރިލަންދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތް އެއް އަހަރު ދުވަހުތެރޭގައި ނިންމާ ގޮތަށް
  • ސ. ފޭދޫ ހިއްކި ސަރަޙައްދުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އެއް އަހަރު ތެރޭގައި ނިންމާ ގޮތަށް
  • ނ. ހެނބަދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އެއް އަހަރު ތެރޭގައި ނިންމާ ގޮތަށް
  • ތ. ވޭމަންޑޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް 550 ދުވަހުން ނިންމާ ގޮތަށް
  • ރ. އިނގުރައިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އެއް އަހަރު ތެރޭގައި ނިންމާ ގޮތަށްގޮތަށް
  • ހދ. ނެއްލައިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އެއް އަހަރު ތޭރޭގައި ނިންމާ ގޮތަށް
  • ށ. ނޫމަރާގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް 550 ދުވަހުން ނިންމާ ގޮތަށް
  • ބ. ކުޑަރިކިލުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އެއް އަހަރު ތެރޭގައި ނިންމާ ގޮތަށް

އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، ހއ. ބާރަށާއި ބ. މާޅޮހާއި އއ. ފެރިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތްތައް އެޅުމަށެވެ. އެ މަސައްކަތްތައް ވެސް ހަވާލުކުރީ އެއް އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މީގެ އިތުރުން ލ. މާބައިދުއާއި ޅ. އޮޅުވެލިފުށީގައި ޤުރުއާނާބެހޭ މަރުކަޒުގެ ދެ ގޮފި އިމާރާތްކުރުމުގެ މަސައްކަތް ވެސް ފެނަކައާ ވަނީ ހަވާލުކޮށްފައެވެ. އެ މަސައްކަތް ހަވާލުކުރީ ދެ ރަށުގައި ވެސް އަހަރެއް ތެރޭ މަޝްރޫއު ނިންމާ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިހަވަންދޫ، ނައިފަރު އަދި ގއ.ވިލިނގިލީގައި އިސްލާމީ މަރުކަޒު އެޅުމަށް ހަވާލުކޮށްފި

މީޑިއާ މައުރަޒުގައި ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ފަސް ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު

TTH_advertisement