ކުއްލި ޚަބަރު

ލ. ގަމުގެ އިރުން ކާގޯ ބޯޓެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ

އޮޔާ ދިޔަ ދޯންޏެއްގައި ތިބި ބަޔަކު ފުލުހުން ސަލާމަތްކޮށްފި

މޯލްޑިވިއަނުން ރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ

ޕެންޝަން އޮފީހުގެ ބޯޑަށް ޝަރުވަސް އަދި މާޖިދު އައްޔަންކުރައްވައިފި

ޕެންޝަން އޮފީހުގެ ބޯޑަށް އަޙްމަދު ސަރުވަޝް އާދަމް އަދި ޢަބްދުލް މާޖިދު ޢަލީ އައްޔަންކުރައްވައިފިއެވެ.

ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ ދެ މެންބަރުން އައްޔަންކުރެވިފައިވަނީ އަޙްމަދު ސަރުވަޝް އާދަމް އަދި ޢަބްދުލް މާޖިދު ޢަލީއެވެ.

އިޤްތިޞާދީ އަދި އެކައުންޓިންގ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރައްވާފައިވާ ސަރުވަޝް ވަނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޗެއަރޕާސަންގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ބޯޑުގައިވެސް މަސައްކަތްކުރައްވާފައެވެ. އެންމެ ފަހުން އޭނާ އަދާކުރެއްވި މަޤާމަކީ މިނިސްޓްރީ އޮފް ފިނޭންސްގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވްގެ މަޤާމެވެ.

ބޭންކިންގ އަދި ފައިނޭންސް ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރައްވާފައިވާ މާޖިދު ވަނީ 2022 ވަނަ އަހަރުވެސް ޕެންޝަން ބޯޑުގައި މަސައްކަތްކުރައްވާފައެވެ. މީގެ އިތުރުން، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ބޯޑު މެންބަރުކަންވެސް އަދާކުރެއްވިއެވެ.

ޕެންޝަން ބޯޑުގައި ހިމެނެނީ ޖުމްލަ ހަތް މެންބަރުންނެވެ. މި ބޯޑުގެ ޗެއަރޕާސަންގެ މަޤާމު ފުރުއްވަނީ ކުރީގެ މިނިސްޓަރ އޮފް ފިނޭންސް އަޙްމަދު އިނާޒެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mm

ޕެންޝަން ފައިސާ އިތުރު ކަންކަމަށް ބޭނުންކުރެވޭ ގޮތް ހަދަނީ

Dd

ޕެންޝަން އޮފީހުގެ ސީއެފްއޯ ފަޖުވާ އިސްތިއުފާ ދެއްވައިފި

900

ޕެންޝަން އޮފީހުގެ ބޯޑުން ސަރުވަޝް އިސްތިއުފާދެއްވައިފި

Pp

2024 ވަނަ އަހަރު އަސާސީ ޕެންޝަނަށް ޚަރަދުކުރީ 1.3 ބިލިއަން ރުފިޔާ

TTH_advertisement