ކުއްލި ޚަބަރު

މާލޭގެ ދެ ގެއަކުން 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފި

ކާރު ރަޖިސްޓްރީކުރާއިރު ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭގޮތް ހަދަނީ

ކައުންސިލް އިންތިހާބުގެ އޮފިޝަލުން ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

ޙައްޖު ކޯޕަރޭޝަނުގެ އިންތިޒާމުގެ ދަށުން ފަހު 15 ޢުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރާ ޢުމްރާވެރިން ފުރައިފި

ރަމަޟާން މަހުގެ ފަހު 15 ދުވަހުގައި ޙައްޖު ކޯޕަރޭޝަނުގެ އިންތިޒާމުގެ ދަށުން ޢުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރާ ޢުމްރާވެރިން ސަޢުދީ ޢަރަބިއްޔާއަށް ވަނީ ފުރައިފައެވެ.

މި ދަތުރުގައި ޖުމްލަ 357 ޢުމްރާވެރިން ބައިވެރިވެއެވެ. މީގެ އިތުރުން، ރަމަޟާން މަހުގެ ކުރީކޮޅު ޢުމްރާގެ އަޅުކަން އަދާކުރުމަށް ފުރި 220 ޢުމްރާވެރިން މިހާރުވެސް ސަޢުދީ ޢަރަބިއްޔާގައި ތިބިކަން ފާހަގަކުރެވެއެވެ.

ޢުމްރާވެރިންގެ ދަތުރު ފެށޭނީ މާލެއިން ޖިއްދާއަށް ކުރާ 5 ގަޑިއިރުގެ ވައިގެ ދަތުރަކުންނެވެ. އޭގެފަހުން، ޖިއްދާ އެއަރޕޯޓުން މައްކާގައި ހުންނަ ހޮޓަލަށް ދިއުމަށް 2 ގަޑިއިރުގެ އެއްގަމު ދަތުރެއް ކުރާނެއެވެ.

ޢުމްރާވެރިން އެންމެ ފުރަތަމަ ޢުމްރާ އަދާކުރާނީ މިއަދުއެވެ. މި ދަތުރުގައި ކޮންމެ ޢުމްރާވެރިއަކަށްވެސް މަދުވެގެން 3 ޢުމްރާ އަދާކުދާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ޙައްޖު ކޯޕަރޭޝަނުން ވަނީ ޢުމްރާވެރިންނަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ފުރިހަމައަށް ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސަރުކާރުގެ ޚަރަދުގައި 1447 ވަނަ އަހަރު ޙައްޖަށް ފޮނުވާ 50 ފަޤީރުން ހޮވައިފި

ދިވެހި ހުރިހާ ޙައްޖާޖީން ރާއްޖެ އައިސްފި

ޙައްޖުވެރިންގެ ދެވަނަ ގުރޫޕު އަތުވެއްޖެ

ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕް ރާއްޖެ އަތުވެއްޖެ

TTH_advertisement