ކުއްލި ޚަބަރު

ތުޅާދުއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

އެމްޑީޕީ ސަރުކާރުން ވަޒީފާއިން ވަކިކުރި ޖަމްޝީދާއި އަހްމަދު މުހައްމަދަށް ފުލުހުންގެ ވަޒީފާ ދީފި

ދެ ރަށެއްގައި ކުނި މެނޭޖްކުރާ ސެންޓަރުތައް އަޅަން ހަވާލުކޮށްފި

އަމިއްލަ ނަފުސުގެ ދިފާއުގައި ކަމެއް ނުކުރެވޭ ކުޑަ ކުދީންނަށް ގެއްލުންދޭ މީހުންނާ ދެކޮޅަށް އެންމެންވެސް ނިކުންނަންޖެހޭ: މާރިޔާ

88ެ

އަމިއްލަ ނަފުސުގެ ދިފާއުގައި އެއްވެސް ކަމެއް ނުކުރެވޭ ބަލިކަށި ކުޑަ ކުދީންނަށް ގެއްލުންދޭ މީހުންނާ ދެކޮޅަށް އެންމެންވެސް ނިކުންނަންޖެހޭ ކަމަށް ދަނޑުވެރިކަމާއި ޖަނަވާރުތަކާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި މާރިޔާ ވިދާޅުވީ ޅަ ދަރިންނަކީ، ލޯތްބާއި އޯގާތެރިކަމާ އެކު ބެލެހެއްޓުމަށް ޓަކައި، މާތް ﷲ ހަވާލުކުރައްވާފައިވާ މާތް އަމާނާތެއް ކަމަށެވެ. ނަމަވެސް މިއަދު ފެންނަނީ މީސްމީޑިއާގައި ކުޑަކުދިންނަށް އަމާޒުކޮށް ވެސް އުނދަގޫކޮށް ފުރައްސާރަކުރާ ހިތާމަވެރި މަންޒަރު ކަމަށް އެކަމަނާ ވިދާޅުވިއެވެ.

“މިއީ ކަރުނައަޅައި ރޯންޖެހޭ ވަރުގެ ހިތި ހަގީގަތެއް. މި އަނިޔާވެރިކަން މިހާރުން މިހާރަށް ހުއްޓަންޖެހޭ،” ވަޒީރު ވިދާޅުވިއެވެ.

މަޞޫމު ކުދިން ރައްކާތެރިކުރުމުގެ ޒިންމާ ހަނދާންނައްތާލާފައިވާ ބޮޑެތި މީހުން، ތިމާމެންގެ އެ ނޭއްގާނި އަމަލާ މެދު ލަދުގަންނާންޖެހޭނެ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

އިސްލާމްދީން އުގަންނައިދެނީ ހެޔޮކަމާއި އޯގާތެރިކަމަކީ އެންމެ މަތިވެރި ސިފަތައްކަން ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ ދީނުގައި މަލާމާތާއި އުނދަގޫކުރުމަކަށް ޖާގައެއް ނެތް ކަމަށެވެ. އަދި ނަބިއްޔާ ﷺ އަމިއްލަފުޅަށް ވެސް ކުޑަކުދިންނަށް ޚާއްޞަ އޯގާތެރިކަމެއް ބެހެއްޓެވި ކަމަށާއި އެ ކުދިންނަށް ލިބޭ ކޮންމެ ގެއްލުމަކުން ސަލާމަތްކުރުމަކީ އެންމެންގެ ވާޖިބެއްކަން، ޢަމަލާއި ބަހުން ނަމޫނާ ދައްކަވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ ހުރިހާ ކުދިން މި އަނދިރިކަމުން ސަލާމަތްކުރުމަށް އެކުގައި މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ. އަދި އަމިއްލަ ނަފުސުގެ ދިފާއުގައި އެއްވެސް ކަމެއް ނުކުރެވޭ ބަލިކަށި ކުޑަ ކުދީންނަށް ގެއްލުންދޭ މީހުންނާ ދެކޮޅަށް ކޮންމެ މައެއް، ކޮންމެ ބަފައެއް، ކޮންމެ ބޮޑު މީހެއް، އަދި ކޮންމެ ރައްޔިތަކު ވެސް، ސާބިތުކަމާ އެކު ތެދުވާންޖެހޭ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

macl

ނޮޅިވަރަމް ސްޕޯޓްސް ކޮމްޕެލްކްސްގެ އެއްބަސްވުމުގައި ސޮއިކޮށް، ކޮމްޕްލެކްސްގެ ބިންގާ އަޅައިފި

B 202509030730381756909838.3502

މޯލްޑިވިއަންގެ ދަތުރުތަކުގައި ލުއިކާނާ ވިއްކަން ފަށައިފި

112

ތުޅާދުއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

112

އެމްޑީޕީ ސަރުކާރުން ވަޒީފާއިން ވަކިކުރި ޖަމްޝީދާއި އަހްމަދު މުހައްމަދަށް ފުލުހުންގެ ވަޒީފާ ދީފި

TTH_advertisement ELL Mobile Advertisement