ކުއްލި ޚަބަރު

75 މާކްސް ލިބުނު މީހުންނަށް ފްލެޓް ކަނޑައެޅި މައްސަލަ އޭސީސީއަށް ހުށަހަޅައިފި

ބޮޑު ޚަރަދުކޮށްގެން ހުރާގައި ހެދި މޮނިއުމަންޓަކަށް ގެއްލުން ދީފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި

އީދު ހަފުތާ އެއްކޮށް ބަންދު، ޗުއްޓީއަށްފަހު ސަރުކާރު ހުޅުވޭނީ އޭޕްރީލް 6ގައި

PO
ރައީސް އޮފީސް —

އަންނަ ފިތުރު އީދާ ގުޅިގެން ބަންދުގެ ގޮތުގައި އެއް ހަފުތާ ލިބޭގޮތަށް ސަރުކާރު ބަންދުކުރުމަށް ނިންމައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ މިއަހަރުގެ ޝައްވާލް މަހުގެ އެއްވަނަ ދުވަސް (ފިތުރު އީދު ދުވަސް) އަކީ ކަލަންޑަރުގައިވާ ގޮތުގެ މަތީން، މިމަހުގެ 31 ވާ ހޯމަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފި ނަމަ ފިތުރު އީދުގެ ބަންދު ތިން ދުވަސް ކަމުގައިވާ މާޗު 31، އެޕްރީލް 1 އަދި 2 އާއެކު، އެޕްރީލް 3 ވާ ބުރާސްފަތި ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.

އޭގެ އިތުރުން މިމަހުގެ 29 ވާ ހޮނިހިރު ދުވަހުގެ ރޭ ޝައްވާލް މަހުގެ ހަނދު ސާބިތުވެ، މިމަހުގެ 30 ވާ އާދީއްތަ ދުވަހަކީ ޝައްވާލު މަހުގެ އެއްވަނަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި ނަމަ، ފިތުރު އީދުގެ ބަންދު ތިން ދުވަސްކަމުގައިވާ މާޗު 30، 31 އަދި އެޕްރީލް 1 އަށްފަހު، އެޕްރީލް 2 ވާ ބުދަ ދުވަހާއި އެޕްރީލް 3 ވާ ބުރާސްފަތި ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ ރައީސް އެގޮތަށް ނިންމެވީ ފިތުރު އީދުގެ ބަންދާ ގުޅިގެން، އާއިލާއާއެކު ވީހާވެސް ގިނަ ދުވަސްތަކެއް އެކުގައި ހޭދަކުރުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، މެދުނުކެނޑޭގޮތަށް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭގޮތަށް ހަމަޖައްސަވައިދެއްވުމުގެ މަގުސަދުގައި ކަމަށެވެ.

ފިތުރު އީދުގެ ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

75 މާކްސް ލިބުނު މީހުންނަށް ފްލެޓް ކަނޑައެޅި މައްސަލަ އޭސީސީއަށް ހުށަހަޅައިފި

112

ބޮޑު ޚަރަދުކޮށްގެން ހުރާގައި ހެދި މޮނިއުމަންޓަކަށް ގެއްލުން ދީފި

112

މަސްތުވާތަކެތީގެ މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި

Main 20250806 125638

އުއްތަމަފަނޑިޔާރުގެ މަޤާމަށް ޢަބްދުލްޣަނީ އައްޔަންކުރައްވައިފި

TTH_advertisement ELL Mobile Advertisement