ކުއްލި ޚަބަރު

މާލޭގެ ދެ ގެއަކުން 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފި

ކާރު ރަޖިސްޓްރީކުރާއިރު ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭގޮތް ހަދަނީ

ކައުންސިލް އިންތިހާބުގެ އޮފިޝަލުން ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

75 ރަށެއްގައި ފުލުހުންގެ ޢިމާރާތް އެޅުމަށް ހަވާލުކޮށްފި

ފުލުހުންގެ ޚިދުމަތް ރާއްޖޭގެ އަތޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، 75 ރަށެއްގައި ފުލުހުންގެ ޢިމާރާތްތައް އެޅުމުގެ މަސައްކަތް ސަރުކާރުގެ ތިން ކުންފުންޏަކާ ޙަވާލުކުރެވިއްޖެއެވެ. މި މުހިންމު މަޝްރޫޢުގެ ދަށުން، އެމްޓީސީސީ، އާރްޑީސީ އަދި ފެނަކަ ކޯޕަރޭޝަނާ ވަނީ މި މަސައްކަތް ޙަވާލުކުރެވިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް، މިއަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމަށް ވަނީ ރޭވިފައެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، އެމްޓީސީސީން 15 ރަށެއްގައި، އާރްޑީސީން 20 ރަށެއްގައި އަދި ފެނަކައިން 40 ރަށެއްގައި ފުލުހުންގެ ޢިމާރާތްތައް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ތެރޭގައި، ސަރަޙައްދީ އަދި އަތޮޅު ފެންވަރުގައި ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަށް ބޭނުންވާ ޢިމާރާތްތަކާއި، ރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް ޤާއިމްކުރުމުގެ އިތުރުން، ޕޮލިސް ޕޯސްޓުތަކާއި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްތައް ތަރައްޤީކުރުން ހިމެނެއެވެ.

ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަޝްރޫޢު ފުރިހަމަވުމުން، ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ނެތް ރަށްރަށުގެ ތެރެއިން ދެބައިކުޅަ އެއްބައި ރަށްރަށުގައި ޚިދުމަތް ޤާއިމުވެގެންދާނެއެވެ. މިއީ، މި ދައުރު ފެށުނުއިރު އެންމެ 17 ސްޓޭޝަނުގައި ފުލުހުންގެ ޚިދުމަތް ދެމުންދިޔަ ހާލަތާ އަޅާބަލާއިރު، ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.

މި މުހިންމު މަޝްރޫޢުގެ އެއްބަސްވުންތަކުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ. އަދި ކުންފުނިތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނިތަކުގެ އިސް ވެރިންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މާފުށީ ބަނދަރު އަޕްގްރޭޑުކުރުމުގެ 63 އިންސައްތަ މަސައްކަތް ނިމިއްޖެ

އޭދަފުށީ ފަތާ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ކުރިއަށްދަނީ

ފޮއްދޫ ބަނދަރުގެ ފަޅު ފުންކުރުމުގެ މަސައްކަތް ކުރިއަށްދަނީ

މަސްމާރުކޭޓް ސަރަހައްދުގައި ހުރި ދޯނިތައް ނަގަން އަންގައިފި

TTH_advertisement