ކުއްލި ޚަބަރު

ސްޓޭޓް މިނިސްޓަރު ކަމުން މަޖީދު ވަކިކުރައްވައިފި

ނައިބު ރައީސް ފިޔޯރީއަށް ވަޑައިގެންފި

މި ރޯދަމަހު މާލެ ސަރަޙައްދުގައި 37 ދިވެހި ޙާފިޒުން އިމާމުވެ ހިފްޒުކޮށް ތަރާވީޙު ނަމާދުކުރާނެކަމަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދުވެސް މޫސުންގޯސް ސަމާލުވޭ!

Big bNf3TOaxrnXaOQwTXGIiFRzkj

އުތުރާއި މެދުރާއްޖެތެރެއަށް މިއަދުވެސް މޫސުން ގޯސްވާނެތީ، މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް ރީނދޫ ސަމާލުވެސް ނެރެފައެވެ. އެ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށެވެ.

ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި އިރުއުތުރާއި އިރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެތީ، ކަނޑުދަތުރުކުރައްވާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ، ރާއްޖޭގެ އިރުމަތީ ސަރަހައްދުގައި އުފެދިފައިވާ ސާކިއުލޭޝަނެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

އަންނަ ބުރާސްފަތި ދުވަހާ ހަމައަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ވަކިން ޚާއްޞަކޮށް މެދުތެރެއާ އުތުރުގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށެވެ. ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެން ވަކަމަށް އެ އިދާރާއިން ވިދާޅުވިއެވެ. އަދި ދެކުނުގެ އެކި ހިސާބަށް ކެރީގެ އަސަރު ފޯރާނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އުތުރާއި މާލެ ސަރަޙައްދަށް ނުރައްކާތެރި މިންވަރަކަށް އަނެއްކާވެސް ވައި ނުސާފުވެއްޖެ

އަނެއްކާވެސް ރާއްޖޭގެ ވައި ނުސާފުވެ ޢާންމުން ސަމާލުވާން އެދިއްޖެ

ކުރިއަށް އޮތް ފަސް ދުވަހުވެސް ވައި ނުސާފުވާނެ: މެޓް އޮފީސް

މާލެ ސަރަހައްދުގައި އާދަޔާ ޚިލާފަށް ވައި ނުސާފުވެ، ރެޑް އެލާޓްގައި

TTH_advertisement