ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ރަސްމީ ރިޒާވަށް %18 ގެ ކުރިއެރުމެއް

ދައުލަތުގެ ޔޫޒބަލް ރިޒާވް ނުވަތަ ބޭނުން ކުރެވޭ ރިޒާވް 179.1 މިލިޔަން ޑޮލަރަށް އަރާފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މަރުކަޒީ ބޭންކުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، މިދިޔަ ފެބްރުއަރީގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާމް އަދި ބޭނުންކުރެވޭ ރިޒާވް ވަނީ އިތުރުވެފައެވެ. ރަސްމީ ރިޒާވް އަހަރު ފެށިގެން ޖެނުއަރީ މަހުގެ ނިޔަލަށް ހުރީ 708.1 މިލިޔަން ޑޮލަރުގައެވެ. މިއަދަދު ވަނީ ފެބުރުއަރީ މަހުގެ ނިޔަލަށް 832.1 މިލިޔަން ޑޮލަރަށް އިތުރުވެފައެވެ. އެހެންކަމުން މަހުން މަހަށް ރަސްމީ ރިޒާވް 124 މިލިޔަން ޑޮލަރު އިތުރުވެފައިވާއިރު މިއީ 18 އިންސައްތައިގެ ކުރިއެރުމެކެވެ.

ދައުލަތުގެ ރަސްމީ ރިޒާވަށް ކުރިއެރުންތަކެއް އައިސްފައިވާއިރު، ބޭނުން ކުރެވޭ ރިޒާވްވެސް ވަނީ ފެބްރުއަރީ މަހުގެ ނިޔަލަށް އިތުރުވެފައެވެ. އަހަރު ފެށިގެން ޖެނުއަރީ މަހުގެ ނިޔަލަށް ބޭނުން ކުރެވޭ ރިޒާވުގައި ހުރީ 116 މިލިޔަން ޑޮލަރުކަމަށް މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ފެބްރުއަރީ މަހު ނިޔަލަށް މިއަދަދު ވަނީ އިތުރުވެފައެވެ. ފެބްރުއަރީ މަހު މިއަދަދު ހުރީ 179.1 މިލިޔަން ޑޮލަރުގައެވެ. މިއީ މަހުން މަހަށް އަޅާ ބަލާއިރު 54 އިންސައްތައިގެ ކުރިއެރުމެކެވެ. އެގޮތުން ޖެނުއަރީ މަހުން ފެށިގެން ފެބްރުއަރީ މަހަށް ބޭނުން ކުރެވޭ ރިޒާވަށް 63 މިލިޔަން ޑޮލަރު ވަނީ އިތުރުވެފައެވެ.

ދައުލަތުގެ ރަސްމީ ރިޒާވް އަދި ބޭނުން ކުރެވޭ ރިޒާވް ހަރުދަނާ ކުރިއެރުން އައިސްފައިވާއިރު، ރާއްޖެއަށް ވަންނަ ބޭރުފައިސާ ބޭންކުތައް މެދުވެރިކޮށް މާރުކުރަން ވަނީ ފަށާފައެވެ. މީގެ ސަބަބުން ދައުލަތުގެ ބޭރުފައިސާގެ ރިޒާވް އިތުވާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

tourist

މިއަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިން

ޖަރުމަނުގައި ދިރިއުޅޭ ދިވެހިންނާއި ރައީސް ބައްދަލު ކުރައްވައިފި

453750 70fcf7f4 c

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

tourist arrival

އަހަރުގެ މިހާތަނަށް 295,589 ފަތުރުވެރިން ޒިޔާރަތްކޮށްފި

TTH_advertisement