ކުއްލި ޚަބަރު

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

2 އިންތިޚާބު އެއްކޮށްލަން މަޖިލީހުން ފާސްކޮށްފި

ދަރިވަރުންގެ ޢިޙްޔާ ތިން ވަނަ ފޯރަމް މިރޭ !

Billabong new OG 1536x864

ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ދަރިވަރުންގެ އިޙްޔާގެ ތިން ވަނަ ފޯރަމް މިރޭ އޮންނާނެއެވެ. މިރޭގެ ފޯރަމް ހުށައަޅައިދިނުމަށް ހަމަޖެހިފައިވަނީ ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލްއިންނެވެ.

މިރޭގެ ފޯރަމްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ “ކާއިނާތުގެ ފުރިހަމަކަން” މި މަޢޫޟޫއަށެވެ.

ދަރިވަރުންގެ އިޙްޔާ ފޯރަމަކީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި މާލެ ސަރަޙައްދުގެ މަތީޘާނަވީ ސްކޫލްތަކުގެ ދަރިވަރުންނާއެކު، އެދަރިވަރުން ހުށަހަޅައިދޭ ގޮތަށް ބާއްވާ އިޙްޔާ ފޯރަމެކެވެ. މިޕްރޮގުރާމް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މަތީޘާނަވީ ސްކޫލްތަކުގެ ދަރިވަރުން މައުޟޫޢުތަކަށް ތައްޔާރުވެ، ހުށަހަޅާ ޕްރޮގުރާމެއްގެ ގޮތުގައެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދާ މި ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 21:30 ގައެވެ. މި ފޯރަމް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ދަރިވަރުންގެ އިޙްޔާ ފޯރަމްގައި 6 ސްކޫލަކުން ހުށައަޅައިދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެއީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް، މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރި އެޑިޔުކޭޝަން (މާލެ)، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރި އެޑިޔުކޭޝަން (ހުޅުމާލެ) ގެ އިތުރުން ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލްއެވެ.

މިހާތަނަށް ދަރިވަރުންގެ އިޙްޔާ ފޯރަމް ހުށައަޅައިދީފައިވަނީ މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރި އެޑިޔުކޭޝަން (މާލެ) އިންނެވެ.

ދަރިވަރުންގެ އިޙްޔާ ފޯރަމްތައް އޮންނާނީ ކޮންމެ ހޯމަ އަދި ބުދަ ދުވަހެއްގެ ރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރަމަޟާން މަހު އަތޮޅު އިޙްޔާ 10 ރަށެއްގައި ބޭއްވުމަށް ހަމަޖައްސައިފި

mosque , miskih, khuthuba

ކުރިއަށް އޮތް ރަމަޟާން މަހަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 8 މިސްކިތް ހުޅުވޭނެ

civil service office

ރަމަޟާންމަހުގެ އިނާޔަތު ފައިސާ މިމަހުގެ 12 ގައި

Ramazan hadiyaa

ރޯދަ ހަދިޔާގެ މަސްދަޅު ކޭސް ބަހަން މިއަދު ފަށާނެ: އައިޑީކާޑަކަށް ގިނަވެގެން ދެ ކޭސް

TTH_advertisement