ކުއްލި ޚަބަރު

ޑްރޯންގެ އެހީގައި ލަންކާގެ ދެ މަސް ބޯޓެއް އަނެއްކާވެސް އަތުލައިގެންފި

ކައިރިކައިރީ އިންތިޚާބުތައް އޮތުމުން ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަންކުރަން އެކަށީގެންވާ ފުރުސަތެއް ނުލިބޭ: އާދަމް ޝަރީފް

ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުޚާނާ ގާއިމްކުރުމުން ގދ. އަތޮޅުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ: ޝިޔާމް

ފަޒީން ވަކިކުރަން ކޮމިޓީން ފާސްކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ނައިބު ރައީސް މުހައްމަދު ފަޒީން، އެ ކޮމިޝަނުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލަގައި އޭނާ ވަކިކުރުމާ މެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.

ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވި މުވައްޒަފާއި ފަޒީން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށް މީގެ ކުރިން ވަނީ ސުވާލުކޮށްފައިވާއިރު ފަޒީންގެ ފަރާތުން އިތުރު ފުރުސަތަކަށް އެދުމުން، އޭނާއާ ބައްދަލުކުރުމަށް މިއަދު އޮތީ ކޮމިޓީން ތާވަލުކޮށްފައެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ފަޒީންގެ ވަކީލުގެ އަންހެނުން ބަލިކަމަށް ކޮމިޓީއަށް މެއިލްއަކުން އަންގައިފައިވާ ކަމަށާއި އެކަން ފަޒީން ވެސް ސިޓީއަކުން ކޮމިޓީއަށް އެންގިކަން ކޮމިޓީގައި ވަނީ ފާހަގަކޮށްފައެވެ. އަދި 5 ދުވަސް ފަހުން ބައްދަލުވުން ބާއްވައިދިނުމަށް ފަޒީންގެ ފަރާތުން ވަނީ އެދިފައެވެ.

މިއަދު ކޮމިޓީ ބައްދަލުވުމުގައި މާދަމާއަށް އިތުރު ބައްދަލުވުމެއް ބޭއްވުމަށް ކޮމިޓީގައި ވާހަކަ ދެކެވުނަސް ވޯޓަށް އަހާފައި ވަނީ އެ މައްސަލާގައި ގޮތެއް ނިންމުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވާށެވެ. އަދި އެގޮތަށް ވަނީ ފާސްކޮށްފައެވެ.

މައްސަލާގައި ކޮމިޓީން މަޖިލީހަށް ފޮނުވި ސިޓީ ތަޅުމަށް އިއްވަމުން އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވީ ކޮމިޓީއަށް ފާހަގަކުރެވުނު ކަންކަމުގެ ތެރޭގައި އެކި ފަހަރު މަތިން ނުރުހުމުގައި ގައިގައި އަތްލާފައިވާ ކަމަށް އަންހެން މުވައްޒަފު ބުނެފައިވާ ކަމަށެވެ. އަދި ކޮމިޝަނުގެ އެހެން އަންހެން މުވައްޒަފަކަށް ވެސް ބޭއަދަބީ ބަހުން ވާހަކަ ދައްކާފައިވާ ކަމަށް ކޮމިޓީއަށް އެ މުވައްޒަފު މައުލޫމާތު ދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެ މުވައްޒަފުންގެ މައުލޫމާތަށް ރިއާޔަތްކޮށް ކޮމިޓީން ނިންމާފައި ވަނީ ފަޒީން، ރަސްމީ މަސައްކަތުގެ ބޭރުން މުވައްޒަފަށް ގުޅައި ބޭއަދަބީ ބަހުން ވާހަކަ ދައްކާފައިވާކަން ކޮމިޓީއަށް ގަބޫލުކުރެވޭ ކަމަށެވެ.

ފަޒީންގެ މައްޗަށް ކުރެވޭ ތުހުމަތަކީ ބްރޯޑްކޮމްގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރުމުގެ މައްސަލައެކެވެ. މި މައްސަލަ މަޖިލީހަށް ހުށަހެޅުނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. މި މައްސަލައާ ގުޅިގެން ފަޒީން އެއްވެސް ވާހަކައެއް ދައްކަވަން ބޭނުމެއް ނުވެއެވެ. ފަޒީން ހަމައެކަނި ވިދާޅުވީ އޭނާއާ ގުޅޭ މައްސަލައެއް ކޮމިޓީން ބަލަމުންދާ ކަމަށެވެ. އަދި މައްސަލަ ވަނީ ފުލުހުންނަށްވެސް ހުށަހަޅާފައެވެ.

ފަޒީން ބްރޯޑްކޮމްގެ މެންބަރުކަމަށް އައްޔަންކުރެވުނީ 2021 ވަނަ އަހަރުގެ މާރޗް 7 ވަނަ ދުވަހުއެވެ. އަދި ކޮމިޝަންގެ ނައިބު ރައީސްގެ މަޤާމަށް އައްޔަންކުރެވުނީ 2023 ވަނަ އަހަރުގެ ޖެނުއަރީ 19 ވަނަ ދުވަހުއެވެ. އޭނާ ކުރިން ވަނީ ސީއެންއެމް އަދި ރާއްޖެ ޓީވީގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސާވާއަށް ގެއްލުންދިން ކަމަށް ނިންމައި، ބްރޯޑްކޮމްގެ އައިޓީ އޮފިޝަލު ވަކިކޮށްފި

ޒަމްއަތު ބްރޯޑްކޮމްއަށް އައްޔަންކުރަން ރުހުންދީފި

Xee

ބްރޯޑްކޮމްގެ އެސްޖީ މަގާމުން ވަކިކޮށްފި

ބްރޯޑްކޮމްގެ މެންބަރުކަމަށް މޫސާ ރިޟްވާން އައްޔަންކުރަން މަޖިލީހުން ފާސްކުރައްވައިފި

TTH_advertisement