ކުއްލި ޚަބަރު

ސްކޭމްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

މަސްޖިދުއްނަބަވީގެ އިމާމު ރާއްޖެ ވަޑައިގަންނަވައިފި

ތާރީޚީ ދުވަހެއް: 40 އަހަރަށްފަހު ޙަރަމްފުޅުގެ އިމާމެއް މިއަދު ރާއްޖެއަށް!

އޯއައިސީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޑރ. ޚަލީލު ސައުދީ އަށް

އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަމާއި އެކުވެރިކަން އާލާކުރުމަށް މަސައްކަތްކުރާ އެންމެ ބޮޑު ޖަމްޢިއްޔާ ކަމުގައިވާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ “އެކްސްޓްރާއޯޑިނަރީ ސެޝަން އޮފް ދަ ކައުންސިލް އޮފް ފޮރިން މިނިސްޓަރސް” ގައި ބައިވެރިވެވަޑައިގަތުމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލު ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދަށް ވަޑައިގެންފިއެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ފަލަސްޠީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ނާޒުކު ޙާލަތާ ގުޅޭގޮތުން މަޝްވަރާކޮށް، އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމެވެ. ޚާއްޞަކޮށް، ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކުރުމަށް ކުރެވޭ މަސައްކަތްތަކާ ދެކޮޅަށް އަޑުއުފުލުމަށް އިސްލާމީ ޤައުމުތަކުން އެއްބައިވުމަށް މަގުފަހިކުރުމެވެ.

ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރަމުން އަންނަނީ 1967 ގެ ކުރީގެ ފަލަސްޠީނުގެ ސަރަޙައްދުތަކާ އެއްގޮތްވާ ގޮތުގެމަތިން، އިރުމަތީ ޤުދުސް ވެރިކަންކުރާ ރަށްކަމުގައި ހިމެނޭ، މިނިވަން ފަލަސްޠީނު ދައުލަތެއް ޤާއިމުކުރުމަށެވެ. އަދި ޣައްޒާ އަލުން އާރާސްތުކުރުމަށް މިޞްރުން ހުށަހަޅާފައިވާ ޕްލޭނަށްވެސް ދިވެހިރާއްޖެއިން ވަނީ ތާއީދުކޮށްފައެވެ.

މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރު އޯއައިސީގެ މައި ބައްދަލުވުމުގެ އިތުރުން، ކަމާގުޅުންހުރި އެހެނިހެން މުހިންމު ބައްދަލުވުންތަކުގައިވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. މިއީ ބައިނަލްއަޤްވާމީ މައިދާނުގައި ފަލަސްޠީނުގެ މިނިވަންކަމަށް ދިވެހިރާއްޖެއިން އަޑުއުފުލުމުގެ މަސައްކަތުގެ ތެރެއިން ކުރެވޭ އިތުރު މަސައްކަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ބިން ވިއްކާނެކަމަށް ބުނެ ފައިސާނެގި މައްސަލައިގަ އެޗްޑީސީގެ ކުރީގެ މުވައްޒަފަކަށް ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވައިފި

ޤައުމީ ދިފާއީ ބާރަށް އަލަށް ތައާރަފްކުރި ނިޝާން ރައީސް އިފްތިތާޙްކޮށްދެއްވައިފި

އަސްކަރިއްޔާއަށް ގެންނަ ތަރައްޤީއާމެދު ޤައުމީ ލޯބި ހުންނަ ކޮންމެ މީހަކުވެސް ފަޚުރުވެރިވާންޖެހޭނެ: ރައީސް

ހިޔާވަހި ފައިނޭންސިންގ ސްކީމަށް ކުރެހުން ހުށަހެޅުމުގައި އިތުރު ލުއިތަކެއް

TTH Advertisement MTCC Advertisement