ކުއްލި ޚަބަރު

މާލޭގެ ދެ ގެއަކުން 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފި

ކާރު ރަޖިސްޓްރީކުރާއިރު ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭގޮތް ހަދަނީ

ކައުންސިލް އިންތިހާބުގެ އޮފިޝަލުން ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

މި ރަމަޟާން މަހު އިސްލާމިކް ސްޓޫޑިއޯއިން ގިނަގުނަ ޝައުޤުވެރި ޕްރޮގްރާމްތަކެއް!

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ދިވެހި މުޖުތަމަޢުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އަބަދުވެސް އިސްކަންދެއެވެ. މިގޮތުން، މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް، ވުޒާރާގެ އިސްލާމިކް ސްޓޫޑިއޯއިން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ފޯރުކޮށްދޭ ޚާއްޞަ ޕްރޮގްރާމްތަކެއް ތައްޔާރުކޮށްފައެވެ.

ރަމަޟާން މަހުގެ ފުރަތަމަ ފަސް ދުވަހު ދެއްކި އެޕިސޯޑުތަކަށް ލިބުނު ފޯރި ފާހަގަކުރެވޭ މިންވަރަށް ރަނގަޅުވެފައިވާކަން ފާހަގަކުރެވެއެވެ.

މި އަހަރުގެ ރަމަޟާން މަހަށް ތައްޔާރުކޮށްފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި ‘ނިސްވާ’، ‘ރައްޔާން’، ‘އިޤްރާ ކުލަބު’، ‘ހުވަﷲ’، ‘ނަބިއްޔާގެ މީރާސް’، ‘ތަސައްލީ’، ‘ޢިބްރަތްތެރި ވާހަކަ’، ‘ޙިކުމަތުގެ އަޑު’ އަދި މަޝްހޫރު ދާޢީ އިސްމާޢިލް ބުއްލޮކްގެ ‘އިސްލާމިކް އިންސައިޓް’ ހިމެނެއެވެ. މި ޕްރޮގްރާމްތަކަކީ އެކި އުމުރުފުރާތަކަށް އަމާޒުކޮށް، ދީނީ މަޢުލޫމާތު ޝައުޤުވެރިކަމާއެކު ފޯރުކޮށްދިނުމަށް އިސްލާމިކް ސްޓޫޑިއޯގެ މުވައްޒަފުން އުފައްދާފައިވާ ޕްރޮގްރާމްތަކެކެވެ.

“އަޅުގަނޑުމެންގެ އަމާޒަކީ ބެލުންތެރިންނަށް ރަމަޟާން މަހުގައި ރަނގަޅު މުނިފޫހިފިލުވުމެއް ފޯރުކޮށްދިނުމެވެ. ހުރިހާ ޕްރޮގްރާމްތަކެއްވެސް ފަރުމާކުރެވިފައިވަނީ އާންމުންނަށް ދީނީ އަދި އިޖުތިމާޢީ މުހިންމު މަޢުލޫމާތާއި މެސެޖުތައް ލިބޭނެ ގޮތަށެވެ.” މިހެން ވިދާޅުވީ އިސްލާމިކް ސްޓޫޑިއޯގެ މެނޭޖަރ ސުޖާއު ޙަމީދެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވާ ގޮތުގައި މި ޕްރޮގްރާމްތައް ހުރިހާ ޓީވީ އަދި މީޑިއާ ވަސީލަތްތަކަށް ހިލޭ ލިބޭނެއެވެ.

މީގެ އިތުރުން، ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތައް އިޙްޔާކުރުމަށްޓަކައި، ވުޒާރާއިން ވަނީ ގިނަ އަދަދެއްގެ އިޙްޔާ ފޯރަމްތަކާއި ދީނީ ދަރުސްތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޙައްޖު ޢުމްރާ ކޮންފަރެންސް: ޙައްޖާއި ޢުމްރާގެ ޚިދުމަތްތަކާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރެވުނު

ދިއްދޫ އިސްލާމީ މަރުކަޒު ކައުންސިލާއި ހަވާލުކޮށްފި

778

ދާރުލްއަަރުގަމްގެ ބިންގާ މިނިސްޓަރު ޝަހީމް އަޅުއްވައިދެއްވައިފި

Mal

މިސްކިތްތަކުގައި ހިފްޒުކޮށް އިމާމުވެ ތަރާވީހު ނަމާދު ކުރާނެ ދިވެހި ހާފިޒުން ހޯދަން އިއުލާންކޮށްފި

TTH_advertisement