ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ސުއޫދު ގެންގުޅުއްވީ ސިޔާސީ އެކްޓިވިޒަމްގެ އުސޫލުތައްކަން ސާފުވެއްޖެ: ޕީއެންސީ

suood
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު — ފޮޓޯ: ޕީއެސްއެމް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު އަދާކުރެއްވި ހުސްނުއްސުއޫދު އިސްތިއުފާދެއްވުމުގައި އަމަލުކުރެއްވި ގޮތުން، އޭނާ ގެންގުޅުއްވީ އެ މަގާމަށް ވަޑައިގަތުމުގެ ކުރިން ވެސް ގެންގުޅުއްވި ސިޔާސީ އެކްޓިވިޒަމްގެ އުސޫލުތައްކަން ސާފުވެފައިވާ ކަމަށް ވެރިކަން ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސުއޫދުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާތީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާ ސަސްޕެންޑުކޮށްފައި ހުއްޓައި، އިއްޔެ އޭނާ ވަނީ މަގާމުން އިސްތިއުފާދެއްވައިފައެވެ. އަދި އޭނާ ވަނީ އިސްތިއުފާގެ ސިޓީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޖޭއެސްސީއަށް ފޮނުއްވައިފައެވެ.

ސުއޫދު ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭގޮތަށް ގެނައި އިސްލާހު ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށް ނިންމުމާއެކު، ސަރުކާރުން ގާނޫނުއަސާސީއާ ހިލާފަށް ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.

އެކަމާ ގުޅިގެން ޕީއެންސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ފަނޑިޔާރުކަމުގެ މަގާމުގައި ވެސް އަދި މަގާމުން ވަކިވެވަޑައިގަތުމުގައި ވެސް ފަނޑިޔާރުން ސިޔާސީ ވިސްނުމާއި އެކްޓިވިޒަމްގެ އުސޫލު އިސްކުރުމަކީ ގާނީ ނިޒާމުތައް ދަންނަ ކަމެއް ނޫން ކަމަށާއި އެއީ މުޅި ޖުޑިޝަރީގެ އިތުބާރު ގެއްލި، ޝަރުއީ ދާއިރާ ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ވަނުމަށް ހިތްވަރު ލިބޭ ފަދަ މައްސަލައެއް ކަމަށެވެ.

“އިއްޔެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާދެއްވުމުގައި އަމަލުކުެރއްވި ގޮތުން ފަނޑިޔާރު ސުއޫދު ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުކަމުގައި ވެސް ގެންގުޅުއްވީ އެ މަގާމަށް ވަޑައިގަތުމުގެ ކުރިން ވެސް ގެންގުޅުއްވި ސިޔާސީ އެކްޓިވިޒަމްގެ އުސޫލުތައްކަން ސާފުވެއްޖެއެވެ..،” ޕީއެންސީގެ ބަޔާނުގައި ބުންޏެވެ.

ޕީއެންސީން ބުނީ ގާނޫނުގައި ޖޭއެސްސީއަށް ހުށަހަޅަންޖެހޭނެ ކަމަށް ބަޔާންކުރާ އިސްތިއުފާގެ ސިޓީ، އެ ކޮމިޝަނަށް ހުށަހެޅުމުގެ ބަދަލުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅާފައިވަނީ އެ ވަގުތުވެސް ރައީސް މުއިއްޒުގެ އިސްތަށިފުޅުގައި އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއް އެޅުއްވުމަށްޓަކައިކަމީ ފަނޑިޔާރު ސުއޫދު ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ވަދެވަޑައިގެން ހުންނެވިކަމުގެ އަލިގަދަ ދަލީލެއް ކަމުގައި އެ ޕާޓީން ދެކޭ ކަމަށެވެ.

ސުއޫދާ މެދު އަދި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނާ މެދުވެސް އަމަލުކުރަމުންދަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި އެކަށައަޅާފައިވާ އޮނިގަނޑުގައި ބަޔާންކުރާ އުސޫލުތަކުގެ ތެރެއިން ކަމަށް ވެސް ޕީއެންސީން ބުންޏެވެ.

ސުއޫދުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ވެސް މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ޖޭއެސްސީން ވަނީ ސަސްޕެންޑުކޮށްފައެވެ. އެ ދެ ފަނޑިޔާރުން ވެސް ސަސްޕެންޑުކޮށްފައިވަނީ އޭސީސީ ޖިނާއީ މައްސަލައެއް ބަލަމުންދާތީއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ސުއޫދު އައްޔަންކޮށްފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

452755 e131cce8 c

އަތްތެރިމަސައްކަތުގެ ފަންނުވެރި ގުމޭރިއާގެ ދިވެހި ފޭއްޔެއް ރައީސް މުއިއްޒަށް ހަދިޔާކުރައްވައިފި

452742 326d5e5a 1

ސަލީމް ލިޔުއްވި ފޮތް ރައީސް މުއިއްޒަށް ހަދިޔާކުރައްވައިފި

452740 480afb86 8

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

448631 89f68b0e c

ހަމްބޯލްޓް ޔުނިވާސިޓީ އޮފް ބާލިންގައި ރައީސް މުއިއްޒު ތަގުރީރުކުރަން ހަމަޖެހިއްޖެ

TTH_advertisement