ކުއްލި ޚަބަރު

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

ރާއްޖޭގައި މިހާރު ގޭންގެއް ނެތް: ރައީސް

އިނާޒު ދެއްވި ޔަގީންކަން: ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ޕެންޝަން އޮފީހުން ނުކުރޭ

ޔޫކްރެއިން ހަނގުރާމަ އެއް މަސް ދުވަހަށް މެދުކަނޑައިލަން ހުށަހަޅައިފި

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ އެއް މަހުގެ މުއްދަތަށް މެދުކަނޑާލުމަށް ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން ހުށަހަޅައިފިއެވެ.

ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ހިނގަމުންދާ ހަނގުރާމަ އެއް މަސް ދުވަހުގެ މުއްދަތަށް މެދުކަނޑާލުމަށް ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން ހުށަހަޅައިފިއެވެ. މި ހުށަހެޅުން ހުށަހަޅާފައިވަނީ، އެމެރިކާއިން ރަޝިޔާއާއެކު މަޝްވަރާތައް ކުރިއަށް ގެންދަމުންދާ ދަނޑިވަޅެއްގައެވެ.

ހަނގުރާމަ ހުއްޓުވުމާ ގުޅޭގޮތުން ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްރޯނާއި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރް ސްޓާމަރ ވަނީ ލަންޑަނުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގައި، އެއް މަސް ދުވަހުގެ މުއްދަތަށް ހަނގުރާމައިގެ ވަކި ދާއިރާތަކެއްގައި ޙަމަލާތައް މެދުކަނޑާލުމަށް ހުށަހެޅިފައިވާކަމަށް މެކްރޯން ވިދާޅުވިއެވެ.

މި ހުށަހެޅުމުގެ ދަށުން، ވައިގެ މަގުންނާއި ކަނޑުމަގުން ދެވޭ ޙަމަލާތަކާއި، ދެ ޤައުމުގެ ހަކަތަ އުފައްދާ ވިއުގަތަކަށް ދެވޭ ޙަމަލާތައް މެދުކަނޑާލުމަށް ހުށަހަޅާފައިވެއެވެ. ނަމަވެސް، އެއްގަމުގައި ތިބި ސިފައިންގެ މެދުގައި ޙަމަލާ ބަދަލުކުރުން މެދުކަނޑާލުމަށް ހުށަހަޅާފައެއް ނުވެއެވެ.

މީގެއިތުރުން، ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވާލުމަށް މަޝްވަރާތަކެއް ބޭއްވުމަށްވެސް ދެ ޤައުމުން ވަނީ ހުށަހަޅާފައެވެ. އަދި ވިލާތުގެ ޤައުމުތަކުން ދިފާޢީ ދާއިރާއަށް ކުރާ ޚަރަދު އިތުރުކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވިފައިވެއެވެ.

މި ހުށަހެޅުންތަކާމެދު ރަޝިޔާއާއި ޔޫކްރެއިނުން އަދި ރަސްމީ ބަހެއް ދީފައެއް ނުވެއެވެ. ނަމަވެސް، މި މަސައްކަތްތަކަކީ ދެމެދުގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޔޫކްރެއިން މައްސަލާގައި ޓްރަމްޕާއިއެކު ވިލާތުގެ އިސްވެރިން އެއްތަންވަނީ

ޔޫކްރެއިނާއެކު ސުލްހަވާން ސުންގަޑި ދިނަސް، ޑިއުޓީ 100 އިންސައްތަ ބޮޑުކުރިޔަސް ރަޝިޔާއަށް ފަރުވާލެއްނެތް: މެޑްވެޑެވް

TTH_advertisement