ކުއްލި ޚަބަރު

އެއާޕޯޓުން ޑޮލަރު ފޭރުނު މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފި

ހުޅުމާލޭގައި ވަކި ސިޓީ ކައުންސިލެއް ހަދަން ޝަމްހީދު ގޮވާލައްވައިފި

ކޮޅުވެއްޓި ހާދިސާ: ދިވެއްސެއްގެ ހާލު ސީރިއަސްވެ ފަރުވާދެނީ

އައްޑޫ ބްރިޖުގެ ފަންނީ މަސައްކަތަށް ލަފާ ދޭނެ ބަޔަކު ހޯދަނީ

އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުމީދޫ ގުޅުވާލުމަށް ޤާއިމުކުރުމަށް ރޭވިފައިވާ ބްރިޖުގެ ފަންނީ މަސައްކަތްތަކަށް ލަފާދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ވަނީ އިޢުލާނު ކުރައްވާފައެވެ.

މި މަޝްރޫޢުގެ ދަށުން ޤާއިމުކުރެވޭ ބްރިޖަކީ ކޯޒްވޭ ހިމެނޭގޮތަށް 14-15 ކިލޯމީޓަރުގެ ދިގުމިނުގެ ބްރިޖެކެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް “އެކްސްޕްރެޝަން އޮފް އިންޓަރެސްޓް” ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

މި މަސައްކަތުގެ ތެރޭގައި ހިމެނެނީ ބްރިޖު އެޅުމަށް ބޭނުންވާ ސަރވޭ ހެދުމާއި، ޑިޒައިން ކުރުމާއި، ޓެންޑަރ ޑޮކިއުމަންޓްސް އަދި ޓެކްނިކަލް ސްޕެސިފިކޭޝަންތައް ތައްޔާރުކުރުމެވެ. މި ޚިދުމަތްތައް ފޯރުކޮށްދޭނެ ކޮންސަލްޓަންސީ ފާރމެއް ހޯދުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސްއިން ވަނީ އިޢުލާނު ކުރައްވާފައެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން އެ ފަރާތެއްގެ ޤާބިލުކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ. މީގެ ތެރޭގައި ކުންފުނީގެ ފަންނީ ޤާބިލުކަމާއި، މިފަދަ މަސައްކަތްތަކުން ލިބިފައިވާ ތަޖުރިބާގެ ތަފްޞީލު، މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އަދި ކުންފުނީގެ މަޢުލޫމާތު ހިމެނެންވާނެއެވެ.ެވެ.

ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ދެވޭނެ ކަމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ވަނީ ހާމަކުރައްވާފައެވެ.

ކުރިން މި މަޝްރޫޢުގެ ޑިޒައިން އަދި ފީޒިބިލިޓީ ސްޓަޑީ ހެދުމުގެ މަސައްކަތް ވަނީ މިސްރުގެ ކުންފުންޏެއް ކަމަށްވާ “ދި އަރަބް ކޮންޓްރެކްޓަރސް” އާ ހަވާލުކުރެވިފައެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި މުޅި މަޝްރޫޢު ނިންމުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

1.8 މެގަވޮޓުގެ ޖެނެރޭޓަރު އައްޑޫއަށް ގެންގޮސްފި

addu

އައްޑޫސިޓީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގައި ވޯޓުލުން ފަށައިފި

addu

އައްޑޫ ވޯޓު: 3 ރަށުގައި ވޯޓަށް ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ފަށައިފި

addu city

އައްޑޫ ސިޓީގެ ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުން ބޭނުންވާ ވަކި ގޮތެއް ނެތް: ރައީސް

TTH_advertisement