ކުއްލި ޚަބަރު

ޖަރީމާތައް ހިންގުމުގައި ނަތަންޔާހޫވަނީ ހިޓްލަރަށް ވުރެންވެސް ކުރިއަރާގޮސްފައި: ތުރުކީގެ ރައީސް

އީރާނަށް ހަމަލާދިނުމާމެދު ޓްރަމްޕަށް އަދިވެސް ގޮތެއް ނުނިންމޭ، އެކަމަކު ހުރީ އިސްރާއީލު ދަށުވެ ފިތިފައި

މިނިވަންކަމާއެކު ސިޔާސީ ލީޑަރުންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ރައީސް މުއިއްޒު ގާއިމްކޮށްދެއްވައިފި: ނަޝީދު

މަޝްރޫޢުތައް މޮނިޓަރކުރުމަށް ޚާއްޞަ ޓީމުތަކެއް އެކުލަވާލަނީ

1740573275

ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށްގެންދާ މަޝްރޫޢުތައް މޮނިޓަރކުރުމަށް ޚާއްޞަ ޓީމުތަކެއް އެކުލަވާލުމަށް ނިންމާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ. މި އަހަރުގެ ލާމަރުކަޒީ ދުވަހާ ގުޅިގެން ބޭއްވުނު ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމާބެހޭ މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު މިކަން ހާމަކުރެއްވިއެވެ.

ކައުންސިލްތަކަށް ޚާއްޞަކޮށްގެން ކުރިއަށްގެންދެވުނު މި މަސައްކަތު ބައްދަލުވުމުގައި، ކައުންސިލްތައް ހިންގުމަށް ދިމާވާ ގޮންޖެހުންތަކާއި ލާމަރުކަޒީ ނިޒާމުގެ ޤާނޫނަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. ވަޒީރު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، ލާމަރުކަޒީ ނިޒާމަށް ބަދަލުތަކެއް އައިސްފައިވާތީ، މި ނިޒާމު އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަކީ މުހިންމު ކަމެކެވެ.

ސަރުކާރާއި ކައުންސިލްތަކާ ދެމެދު ގުޅުން ބަދަހިކުރުމަށް މުހިންމު މަސައްކަތްތަކެއް އެ ވުޒާރާއިން ކުރަމުންދާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ރަށްރަށުގައި މަޝްރޫޢުތައް ކުރިއަށްގެންދަން ރޭވުމުގެ ކުރިން، އެކަމުގެ މަޢުލޫމާތު ދުރާލާ ކައުންސިލްތަކަށް އެނގިފައި އޮތުމަކީ މުހިންމުކަމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ރަށްރަށުގައި ސަރުކާރާއި އެހެނިހެން ފަރާތްތަކުން ކުރިއަށްގެންދާ މަޝްރޫޢުތައް މޮނިޓަރކުރެވޭނެ ނިޒާމެއް ކައުންސިލްތަކުގައި އޮތުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މި ގޮތުން، ކުރިއަށް އޮތްތަނުގައި އެ ވުޒާރާއިން ކުރިއަށްގެންދާ މަޝްރޫޢުތައް މޮނިޓަރކުރުމަށް ކޮންމެ ރަށަކުން ޚާއްޞަ ޓީމެއް އެކުލަވާލާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“ކައުންސިލްތައް ތަރައްޤީކުރުން، ކުޑަކުދިންގެ ޕާކު ތަރައްޤީކުރުން، ކޮންމެ ކަމެއް ފަށާއިރުވެސް ކޮންމެ ރަށަކުން މޮނިޓަރިންގ ޓީމެއް އެކުލަވާލާނެ. މިގޮތުން ހިންގަމުންދާ މަޝްރޫޢުތަކާ ގުޅޭގޮތުން ކައުންސިލްގެ ފަރާތުން، ރަށުގެ ފަރާތުން ބަސްބުނާނެ ބަޔަކު ތިބުމަށް ޔަޤީންކުރަން ބޭނުންވޭ. މިކަމާ ގުޅޭ ކަރުދާހެއްވެސް ވަނީ ތައްޔާރުކޮށްފައި،” ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.

މި މަސައްކަތު ބައްދަލުވުމުގައި ސިޓީ ކައުންސިލްތަކުގެ ޑެޕިއުޓީ މޭޔަރުންނާއި، އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކުގެ މެންބަރުންނާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސަސައްކަތްތަކާބެހޭ ވުޒާރާގެ މުވައްޒަފުން ބައިވެރިވިއެވެ. މި ބައްދަލުވުމުގެ ތެރެއިން މުހިންމު ޚިޔާލުތަކެއް ލިބިފައިވާކަމަށް އެ ވުޒާރާއިން ހާމަކުރިއެވެ.

ވުޒާރާއިން އިތުރަށް ފާހަގަކުރި ގޮތުގައި، ކުރިއަށް އޮތްތަނުގައި މިފަދަ ބައްދަލުވުންތައް ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދިއުމަށް މަސައްކަތްކުރާނެއެވެ. މިއީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ކައުންސިލްތަކުގެ ދައުރު ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ބެލެވެއެވެ.

މި އައު އިސްނެގުމުގެ ސަބަބުން، ރަށްރަށުގައި ހިންގޭ މަޝްރޫޢުތަކުގެ ފެންވަރު ރަނގަޅުވެ، ކައުންސިލްތަކުގެ ޖަވާބުދާރީވުން އިތުރުވެ، އަދި ރައްޔިތުންނަށް ލިބޭ ޚިދުމަތްތަކުގެ ފެންވަރު މަތިވާނެކަމަށް އުންމީދުކުރެވެއެވެ. މީގެއިތުރުން، ސަރުކާރާއި ކައުންސިލްތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ލާމަރުކަޒީ ނިޒާމުގެ މަޤްޞަދުތައް ޙާޞިލުކުރުމަށް މަގުފަހިވާނެކަމަށްވެސް ލަފާކުރެވެއެވެ.

ގުޅުންހުރި

ޖަރީމާތައް ހިންގުމުގައި ނަތަންޔާހޫވަނީ ހިޓްލަރަށް ވުރެންވެސް ކުރިއަރާގޮސްފައި: ތުރުކީގެ ރައީސް

ޝަރީޢަތް ނިމެންދެން ޝަމްޢާން ބަންދުކުރަން ކުރި ހުކުމް ބާތިލް ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

ގޭންގު ހުއްޓުވުމުގެ ޤާނޫނުން ލިބިދޭ ބާރުތަކުގެ ނާޖާއިޒް ފައިދާ ނެގިޔަ ނުދޭނަން: ސީޕީ

trump

އީރާނަށް ހަމަލާދިނުމާމެދު ޓްރަމްޕަށް އަދިވެސް ގޮތެއް ނުނިންމޭ، އެކަމަކު ހުރީ އިސްރާއީލު ދަށުވެ ފިތިފައި

ELL Mobile Advertisement TTH_advertisement