ކުއްލި ޚަބަރު

ކަނޑު ބޯޓަކުން ލ.މާމެންދޫއަށް ގެންދިޔަ މަސްތުވާތަކެތި އަތުލައިގެންފި

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މަސީހު 10 ދުވަހަށް ބަންދުކޮށްފި

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި

އެސެޓް ރިކަވަރީ ނަމޫނާ ޤާނޫނު އެކުލަވާލައިފި

Img 5105

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިސްނަގައިގެން “އެސެޓް ރިކަވަރީ ނަމޫނާ ޤާނޫނު” އެއް އެކުލަވާލައިފިއެވެ. މި ޤާނޫނުގައި ކުށްކުށާ ގުޅުންހުރި ފައިސާއާއި މުދާ ދައުލަތަށް ނެގުމުގެ ޤާނޫނީ އުސޫލުތައް ކަނޑައަޅާފައިވެއެވެ.

އޭސީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ނަމޫނާ ޤާނޫނަކީ ކުށްކޮށްގެން ހޯދާ ފައިސާއާއި މުދާ ދައުލަތަށް ނެގުމަށް ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް މަގުފަހިކޮށްދޭނެ ޤާނޫނެކެވެ. މިފަދަ ނިޒާމެއް ނެތުމަކީ ކޮރަޕްޝަން ފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކަށް ނާޖާއިޒު މަންފާ ހޯދުމަށް ފުރުޞަތު ލިބިދޭ ކަމެއްކަމަށް އޭސީސީން ފާހަގަކުރައްވައެވެ.

މި ނަމޫނާ ޤާނޫނުގެ ފޮތް ނެރެދެއްވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުޤައްރިރު އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައީސް، އަލްއުސްތާޛު ޙުސައިން ރިޟާ އާދަމެވެ.

މި ޤާނޫނުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ:
– ކުށްކުށާ ގުޅުންހުރި ފައިސާއާއި މުދާ ދައުލަތަށް ނެގުމުގެ ޤާނޫނީ އުޞޫލުތައް ކަނޑައެޅުން
– ކުށްކުށާ ގުޅުންހުރި ފައިސާއާއި މުދާ އެހެން ފަރާތްތަކުގެ އަތްމައްޗަށް ދިޔަނުދިނުމަށް ފިޔަވަޅު އެޅުން
– ކުށްކުރުމަށް މަގުފަހިކުރާ ފައިސާއާއި މުދާ ފޯރުކޮށްދިނުމުގެ ނިޒާމުތަކަށް ހުރަސްއެޅުން
– ރާއްޖެއިން ބޭރުގައިވާ ކުށްކުށާގުޅޭ ފައިސާއާއި މުދާ ހޯދުމާއި ހަވާލުކުރުމުގެ އުޞޫލުތައް ކަނޑައެޅުން
– ދައުލަތަށް ނެގޭ ފައިސާއާއި މުދަލާގުޅޭ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކތްތަކުގެ ހައްޤުތައް ހިމާޔަތްކުރުން

އޭސީސީގެ އުންމީދަކީ މި ނަމޫނާ ޤާނޫނުގެ އަލީގައި ވީހާވެސް އަވަހަކަށް ފުރިހަމަ އެސެޓް ރިކަވަރީ ޤާނޫނެއް ތަސްދީޤުވެގެން ދިއުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

FDC

ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އަވަސްކުރުމަށް ދަނީ މަސައްކަތްކުރަމުން: އެފްޑީސީ

police

ކަނޑު ބޯޓަކުން ލ.މާމެންދޫއަށް ގެންދިޔަ މަސްތުވާތަކެތި އަތުލައިގެންފި

ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭނުގެ ޚިދުމަތް ފަށަނީ

މިދިޔަ ކުއާޓަރުގައި އެމްޓީސީސީން 9 މަޝްރޫޢެއް މުޅިން ނިންމައި، 64 މަޝްރޫޢެއް އަލަށް ފެށި

ELL Mobile Advertisement TTH_advertisement