ކުއްލި ޚަބަރު

ގިރާވަރު ފަޅު ހިއްކާ ޑްރެޖަރު މި މަހުގެ 23 ގައި ރާއްޖެ އަންނާނެ: ރައީސް

އަންނަ މާޗް މަހުގެ ނިޔަލަށް އިތުރު 70 ޑޮލަރު އޭޓިމް ބެހެއްޓޭނެ: ރައީސް

ގާނޫނީގޮތުން ވަކި މީހަކު ތަފާތުކުރުމަކީ އަޅުގަނޑަށް އޮތް ޗޮއިސްއެއް ނޫން: ރައީސް

ރައީސް މުޢިއްޒު ދ. ރިނބުދޫގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފި

Dsc 8094

ރައީސުލްޖުމްހޫމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދ. ރިނބުދޫގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.

ރައީސް ޑރ. މުޢިއްޒު ދ. އަތޮޅަށް ކުރައްވަމުންގެންދަވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ރިނބުދޫއަށް ވަޑައިގެން މި ޚިދުމަތް އިފްތިތާޙު ކުރެއްވިއެވެ. އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފެށްޓެވުމަށްފަހު، ރައީސް އަމިއްލަފުޅަށް އޭޓީއެމުން ފައިސާ ނެންގެވުމަށް ބޭނުންކުރެއްވި ކާޑު ރިނބުދޫ ކައުންސިލްގެ ރައީސް އަޙްމަދު އިޤްބާލްއާ ޙަވާލުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ މި އަހަރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމަށް ނިންމަވާފައެވެ. މީގެ އިތުރުން، ދ. ކުޑަހުވަދޫގައި މި އަހަރު ނިމުމުގެ ކުރިން ޑިން ޑޮލަރު އޭޓީއެމްއެއް ޤާއިމުކޮށްދެއްވާނެ ކަމަށް ރައީސް ވަޢުދުވެވަޑައިގެންފައިވެއެވެ.

ރިނބުދޫގެ ތަރައްޤީއަށްޓަކައި ގިނަ މަޝްރޫޢުތަކެއް ފެއްޓެވުމުގެ ޔަޤީންކަން ރައީސް ޑރ. މުޢިއްޒު ރައްޔިތުންނަށް ދެއްވާފައިވެއެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި:

– ދެ މަސްދުވަހުގެ ތެރޭގައި 6 ކްލާސްރޫމުގެ ސްކޫލެއް އެޅުމުގެ މަސައްކަތް ފެށުން
– 500 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުން
– ޞިއްޙީ މަރުކަޒުގެ ޖާގަ އިތުރުކޮށް، ވަސީލަތްތައް ތަރައްޤީކޮށް، މުވައްޒަފުން އިތުރުކުރުން
– 2 އަހަރުގެ ތެރޭގައި ޒުވާނުންގެ މަރުކަޒެއް އެޅުން

މީގެ އިތުރުން، ރިނބުދޫގައި އަލަށް ޤާއިމުކުރާ ކައުންސިލް އިދާރާގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ވެސް މިއަދު ބޭއްވުނެވެ. މި އޮފީސް އިމާރާތުގެ ބިންގާ އެޅުއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ii

ގިރާވަރު ފަޅު ހިއްކާ ޑްރެޖަރު މި މަހުގެ 23 ގައި ރާއްޖެ އަންނާނެ: ރައީސް

778

އަންނަ މާޗް މަހުގެ ނިޔަލަށް އިތުރު 70 ޑޮލަރު އޭޓިމް ބެހެއްޓޭނެ: ރައީސް

778

ގާނޫނީގޮތުން ވަކި މީހަކު ތަފާތުކުރުމަކީ އަޅުގަނޑަށް އޮތް ޗޮއިސްއެއް ނޫން: ރައީސް

އަންނަ ހަފުތާގައި ގޯތި ދޫކުރާ އުސޫލު އާންމުކުރާނަން: ރައީސް

TTH_advertisement