ކުއްލި ޚަބަރު

މިނިސްޓަރ އިހުސާންގެ އިތުބާރު ރައްޔިތުންގެ މަޖިލީހުގައި ދެމިއޮތްކަން ކަށަވަރުވެއްޖެ

ސާބާ ވިމެންސް ޗެމްޕިއަންޝިޕް: ދިވެހިރާއްޖެ ނޭޕާލް ބަލިކޮށް ފައިނަލަށް

ގުޅިފަޅުން ގޯތި ލިބިފައިވާ ރައްޔިތުންނަށް ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ހަވާލުކުރާނެ: ރައީސް

އާންމު ރައްޔިތުންނަށް ދަތުރު ގޮސް އުޅެވޭނެ ރަށެއްގެ ގޮތުގައި ދ. އުއްދޫ ހުޅުވައިލައްވައިފި

Dsc 2081

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިލަންދެ އަތޮޅު ދެކުނުބުރީ (ދ.) އުއްދޫ، އާންމު ރައްޔިތުންނަށް ދަތުރުފަތުރުކޮށް އުޅެވޭނެ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވައި، މިއަދު ރޭ ފެށިގެން ހުޅުވާލައްވާފައެވެ. މި އިޢުލާނު ކުރެއްވީ، އެ މަނިކުފާނު ދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދ. މީދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ކުރިން އަމިއްލަ ފަރާތަކުން ވިޔަފާރީގެ އުސޫލުން ބޭނުންކުރަމުން އައި ދ. އުއްދޫ، މިހާރު ވަނީ ސަރުކާރާ ހަވާލުކުރެވިފައެވެ. އަދި މި ރަށް ބެލެހެއްޓުމާއި ދަތުރުފަތުރުގެ ކަންކަން ބަލަހައްޓަވާނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ކަމަށް އެ މަނިކުފާނު ހާމަކުރެއްވިއެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލުތައް އެ ވުޒާރާއިން ކުރިއަށް އޮތް ދުވަސްތަކުގައި އާންމުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، ދ. މީދޫގެ ރައްޔިތުންނަށް އުފާވެރި ޚަބަރުތަކެއް ރައީސުލްޖުމްހޫރިއްޔާ ވަނީ އިއްވަވާފައެވެ. އޭގެ ތެރޭގައި:

1. ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މައްސަލައަށް މި ދައުރުގައި ޙައްލު ހޯއްދަވައިދެއްވުން.
2. 2025 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ފެރީ ނިޒާމުގެ ޚިދުމަތް ފެށުން.
3. ވެމްކޯ މެދުވެރިކޮށް ކުނި މެނޭޖުކުރުމުގެ މައްސަލައަށް ޙައްލު ހޯދުން.
4. ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހި ފެށުން.
5. މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުން.
6. ކުޅިވަރުގެ ދާއިރާއިން ރަށް ތަރައްޤީކުރުން.
7. ސްކޫލުގެ ޖާގައިގެ ދަތިކަމަށް އަންނަ އަހަރު ތެރޭގައި ޙައްލު ހޯދުން.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، 2025 އަދި 2026 ވަނަ އަހަރަކީ ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ހުރިހާ ވަޢުދުތަކެއް ފުރިހަމަކޮށް ނިންމަވައިދެއްވާނެ ދުވަސްތަކެއް ކަމަށެވެ. މި ހުރިހާ މަޝްރޫޢުތަކެއްވެސް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ގުޅުންހުރި

B 8dcbtudqtdxrejamykpomlwy5

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރުމުގެ ބިލް ކޮމިޓީއަށް

582bd027 5919 4253 966a 396acccc9c73 1024x585 1

ސުޕްރީމް ކޯޓުގެ މިހާރުގެ އަމަލުތަކާމެދު ކަންބޮޑުވުން ފާޅުކުރައްވައިފި

Img 1615

މިނިސްޓަރ އިހުސާންގެ އިތުބާރު ރައްޔިތުންގެ މަޖިލީހުގައި ދެމިއޮތްކަން ކަށަވަރުވެއްޖެ

Large Thumb 1740466663279

އިންސާނީ ޙައްޤުތައް ކުރިއަރުވައި ރައްކާތެރިކުރުމުގައި ދިވެހިރާއްޖެއިން ޤާއިމުކަމާއެކު ކުރިއަށްދާނެ: މިނިސްޓަރ ޚަލީލް

Mulhi Raajje