ކުއްލި ޚަބަރު

ނިއުމޯނިއާ ޖެހިގެން ގައިދީއަކު މަރުވެއްޖެ

ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ 3 ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު

ބޮޑު ދެ އިންތިޚާބު އެކުގައި ބާއްވަން ސަރުކާރުން ތާއީދު ކުރަނީ ރައްޔިތުންނަށް ފައިދާވާނެތީ: ބަންޑާރަނައިބު

ރަމަޟާން މަހުގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ދޫކުރުމުގެ އިންތިޒާމުތައް އިޢުލާނުކޮށްފި

Img 2786

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން މިއަދު އާންމުކުރި މަޢުލޫމާތުގައިވާ ގޮތުން، މުބާރަކުވެގެންވާ ރަމަޟާން މަހުގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ދޫކުރުމުގެ ޚިދުމަތް ދެމުންގެންދާނެ ގަޑިތަކާއި އުސޫލުތައް ވަނީ ކަނޑައަޅާފައެވެ.

ޑީއެންއާރުގެ އިޢުލާނުގައިވާ ގޮތުން، ރަމަޟާން މަހުގެ 20 ވަނަ ދުވަހާ ހަމައަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:15 އިން 11:30 އަށް ކިއު ނަންބަރު ނަގައިގެން ކާޑު ދޫކުރުމުގެ ޚިދުމަތް ކުރިއަށްގެންދާނެއެވެ. މީގެ އިތުރުން، ދުވާލަކު 150 ނަންބަރު ދޫކުރެވޭނެ ކަމަށްވެސް ވަނީ އިޢުލާނުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރަމަޟާން މަހުގެ ފަހު ދިހަ ދުވަސް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. އެހެންކަމުން، މި މުއްދަތުގައި ކާޑު ދޫކުރުމުގެ ޚިދުމަތް ލިބެން ހުންނާނީ މާރިޗު 23، 25 އަދި 27 ވަނަ ދުވަހު އެކަނި ކަމަށް ޑީއެންއާރުން ވަނީ އަންގާފައެވެ.

ނަމަވެސް، ކުއްލި ނުވަތަ އިމަރޖެންސީ ޙާލަތްތަކުގައި 7280368 ނަންބަރަށް ގުޅުއްވައިގެން ޚިދުމަތް ހޯއްދެވުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށްވެސް ޑީއެންއާރުން ވަނީ އަންގާފައެވެ.

މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް އަންނާނީ އަންނަ ހޮނިހިރު ދުވަހު ކަމަށް ވަނީ ލަފާކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޑީއެންއާރުން ބަލަހައްޓާ މަޢުލޫމާތު އެމްއައިބީއާއި ޙިއްޞާ ކުރަން އެއްބަސްވުމަކަށް

ތ. ގުރައިދޫ އާއި ތިމަރަފުށީގައި އައިޑީ ކާޑުގެ ޚިދުމަތް ފަށައިފި

އައްޑޫ މީދޫގައި އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށަނީ

ބ. އަތޮޅުގައި އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށައިފި

TTH_advertisement