ކުއްލި ޚަބަރު

މިފްކޯގެ ފިހާރައެއް ލަންކާގައި ހުޅުވަން މަޝްވަރާކުރަނީ

ބުޅާ ފެސިލިޓީއަށް އިތުރު ބުޅާ ގެންދަން ފަށައިފި

އުއްތަމަފަނޑިޔާރު ކަމަށް ޣަނީ އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭން ނިންމައިފި

ފައިނުގައި އެއާޕޯޓް ތަރައްޤީކުރަން އެއްބަސްވުމުގައި ސޮއިކޮށްފި

Gkcy O9xoaandjs

ރ. ފައިނުގައި އެއާޕޯޓް އަޅަން އެމްޓީސީސީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ފައިނުގައި އެއަރޕޯޓު އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވިއެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީއެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފެވެ.

ފުޅާ ބިމެއް އޮންނަ ފައިނުގައި އެއަރޕޯޓު އެޅުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، މި މަހު ތެރޭގައި މަސައްކަތް ފެށުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެ ރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ފައިނުގައި އެއަރޕޯޓު އެޅުމަށް ރައީސް ޑރ. މުޢިއްޒު އެންމެ ފުރަތަމަ ވަޢުދުވެވަޑައިގަތީ މިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައެވެ. އޭރުގެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން 2023 ވަނަ އަހަރުގެ އޮގަސްޓު 30 ވަނަ ދުވަހު ފައިނަށް ވަޑައިގެން، އެ ރަށުގައި އެއަރޕޯޓެއް އެޅުމާއެކު، އިތުރު ގިނަ ތަރައްޤީގެ މަޝްރޫޢުތަކެއް ހިންގުމަށް ވަޢުދުވެވަޑައިގެންނެވިއެވެ.

ރ. އަތޮޅުގެ އުތުރުގައި މިހާރު ހުރީ ރ. އިފުރު އެއަރޕޯޓު އެކަންޏެވެ. އަތޮޅުގެ ދެކުނުގައި ރ. އަލިފުށީ އެއަރޕޯޓު އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، އެއީ ފައިނުއާ އަޅާބަލާއިރު ފުދޭވަރަކަށް ދުރު ސަރަޙައްދެކެވެ. އެހެންކަމުން، ފައިނު ހިމެނޭ ސަރަޙައްދަށް އެއަރޕޯޓެއްގެ ބޭނުން ވަރަށް ބޮޑަށް ޖެހިފައިވެއެވެ.

ރައީސް ޑރ. މުޢިއްޒު ފައިނުގައި ވިދާޅުވީ އެމަނިކުފާނު ރިޔާސީ އިންތިީ އިންތިޚާބުގެ ކެމްޕޭނުގައި ވަޢުދުވެވަޑައިގެންނެވި ފަދައިން ފައިނުގައި އެއަރޕޯޓެއް އަޅުއްވައިދެއްވާނެ ކަމަށެވެ. އެގޮތުން ކޮންޓްރެކްޓް ކުރެވި، ވަރަށް އަވަހަށް ޢަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ރ ރަހުމާން
މެމްބަރުން ކަންތަށް ކުރަން އިހުލާސްތެރިކަމާއި އެކު އުޅެންޖާ އެކަންވާނެ އެކަން މިފެންނަނީ
އ އަނަސް
ރ އަށް މާގިނަ ކަންތަށް މިހާރު ތިވަނީ ބެލެންސް ކުރުން ރަގަޅު ޕީޖީ ލީޑަރެއްކަމަކު
އ އަނާ
ތިހެންވެ އަހަރަމެން މުއިޒްދެކެ ލައިކުވަނީ، ސައުދީ އަށް ތިކަން އަވަހަށް ކުރެވިއްޖިއްޔާ ކިތައްމެހާވެސް ރަގަޅު
ަ ައަނީސް
އަހަރަމެންގެ މެމްބަރަށް މަރުހަބާ، ރައީސްގެ އޯގާތެރި ނިންމެވުމެއް

ގުޅުންހުރި

112

މިފްކޯގެ ފިހާރައެއް ލަންކާގައި ހުޅުވަން މަޝްވަރާކުރަނީ

މާރާމާރީ

މާލޭގައި މާރާމާރީއެއް، ފުލުހުން ދިޔައިރު އެމީހުން ފެންނާކަށް ނެތް! 

Big 9yanjxlfte6rlue58beoup11l 850x548

އާރުޓީއެލް ފެރީ ބަނުމަށް އިންޑިއާއިން 100 މިލިއަން ރުފިޔާ 

112

ބުޅާ ފެސިލިޓީއަށް އިތުރު ބުޅާ ގެންދަން ފަށައިފި

TTH_advertisement ELL Mobile Advertisement