ކުއްލި ޚަބަރު

ފައިނުގައި އެއާޕޯޓް ތަރައްޤީކުރަން އެއްބަސްވުމުގައި ސޮއިކޮށްފި

ކާނާވިހަވި ބިދޭސީއަކަށް ފަރުވާދެނީ

ޢުލްޔާ ދެ ޤައުމީ ރެކޯޑެއް އައުކޮށްފި

ސަޢޫދީ ޢަރަބިއްޔާގެ ތައުސީސީ ދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުއްވައިފި

392777 402172e3 C

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢޫދާއި، ސަޢޫދީ ޢަރަބިއްޔާގެ ވަލީއަހުދާއި ބޮޑުވަޒީރު، ހިޒް ރޯޔަލް ހައިނަސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދަށް، ސަޢޫދީ ޢަރަބިއްޔާގެ ތައުސީސީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައިފިއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ތައުސީސީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ “އެކްސް” އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވަނީ، ސަޢޫދީ ޢަރަބިއްޔާގެ ލީޑަރޝިޕާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ. އަދި ސަޢޫދީ ޢަރަބިއްޔާގެ ކުރިއެރުމާއި، ތަނަވަސްކަމާއި، ސަލާމަތާއި ހަމަޖެހުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ތައުސީސީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، ސަޢޫދީ ޢަރަބިއްޔާގެ ފުރަތަމަ ދައުލަތް އުފެދުނު ދުވަހާ ގުޅުވައިގެންނެވެ. އެގޮތުން، ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުގެ 22 ވަނަ ދުވަސް ފާހަގަކުރަނީ، ސަޢޫދީ ޢަރަބިއްޔާގެ ތައުސީސީ ދުވަހުގެ ގޮތުގައެވެ.

ގުޅުންހުރި

Img 1991

ރައީސް ދ އަތޮޅަށް ފުރާވަޑައިގެންފި

386161 3 5091710240f9b093d973292d7fc6d347f1b19672 Medium

2024 ވަނަ އަހަރަކީ ކޯޗުންނާއި ކުޅިވަރުގެ ފަންނީ މީހުން ތަމްރީނުކުރުމުގެ ވަރަށް ޚާއްޞަ އަހަރެއް: މުޙައްމަދު ޢަބްދުއްސައްތާރު

1711865516.17118655165587

ބޭންކް އޮފް މޯލްޑިވްސް އިން ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް އިންޤިލާބީ ބަދަލުތަކެއް ގެނައުމަށް ނިންމައިފި

1. Dhivehi News Website 1 36

ހިއުމަން ރައިޓްސް ކައުންސިލްގެ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ ހަލީލް ސުވިޒަލޭންޑަށް

Mulhi Raajje