ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހާ މަސްދަޅު ކޭސް މާލެ ސަރަހައްދުގައި ޓޯކަންއެއް މެދުވެރިކޮށް ނެގޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސަވައި، ފުރިހަމަ އިންތިޒާމަކާއެކު މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިރޭ ފަށައިފިއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ވަނީ ވީހާވެސް ލުއި ފަސޭހަ ގޮތަކަށް މަސްދަޅު ކޭސް ރައްޔިތުންނަށް ނެގޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އެކަމަށް ޚާއްސަ ޕޯޓަލްއެއް ގާއިމްކޮށްފައެވެ.
އެ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ވީހާވެސް ލުއިފަސޭހަގޮތަކަށް މަސްދަޅު ކޭސްތައް ބެހުމުގެ ކަންތައްތައް ކުރިއަށްގެންދަން ކަމަށެވެ.
ދުވާލުގެ ވަގުތުތަކުގައި މަސްދަޅު ކޭސް ބެހުން ސަރުކާރުން ވަނީ ހުއްޓާލާފައެވެ. ސަބަބަކީ ހޫނު ގަދަވުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ދަތިތަކަކާ ކުރިމަތިލާންޖެހޭތީއެވެ.
މަސްދަޅު ކޭސް ބެހުން ކުރިއަށްދާނީ ރޭގަނޑު 08:00 އިން 12:00 އަށެވެ.
މިއަހަރުގެ ރަމަޟާންމަހުގެ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދުކުރާ މަސްދަޅު ކޭސް، ހުރިހާ ގޭބިސީއަކަށް ލިބެންދެން ބެހުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ސަރުކާރުން ބުންޏެވެ.
މަސްދަޅުކޭސް ދޫކުރާނެ ތަންތަނާއި ދޫކުރާނެ ޓޯކަންގެ އަދަދު:
މިފްކޯ ކޮމްޕްލެކްސް (މާފަންނު): 200 ޓޯކަން
އެމްޓީސީސީ ސޯމިލް: 200 ޓޯކަން
ހެންވޭރު ދަނޑު: 100 ޓޯކަން
ގަލޮޅު ދަނޑު – ސެޓަޕް 1 : 50 ޓޯކަން
ގަލޮޅު ދަނޑު – ސެޓަޕް 2 : 50 ޓޯކަން
ގަލޮޅު ދަނޑު – ސެޓަޕް 3 : 50 ޓޯކަން
ގަލޮޅު ދަނޑު – ސެޓަޕް 4 : 50 ޓޯކަން
ސޯޝަލް ސެންޓަރު : 100 ޓޯކަން
ވިލިމާލެ – ވެމްކޯ ސައިޓް: 100 ޓޯކަން
ހުޅުމާލެ – އުމަރު ޒާހިރު ބިލްޑިންގ: 100 ޓޯކަން
ހުޅުމާލެ – ޕޮލްކޯ ޓަވރ (ސީ ބްލޮކް): 100 ޓޯކަން
ހުޅުމާލެ – ހިޔާ ޓަވަރު 10 : 100 ޓޯކަން
ހުޅުމާލެ – ކާމިލްދީދި ޕްރީސްކޫލް: 100 ޓޯކަން
ކިޔުންތެރިންގެ ހިޔާލު