ކުއްލި ޚަބަރު

ހިޔާ ޓަވަރެއްގައި ރޯވެގެން އިމާރާތުން މީހުން ނެރެފި

ބީއެމްއެލް އިން ތިލަފުށީގައި އޭޓީއެމްގެ ހިދުމަތް ފަށައިފި

ދެކުނުގެ ހަތަރު އަތޮޅު ވައިގެ ދަތުރުފަތުރުން ގުޅާލައިފި

އައްޑޫ ސިޓީ ހިތަދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

L 2024 05 06 110022 Mgr2aolusp3jxct1b6vqze4in78hwfy59kd En

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ “ގާލެންޑް” ނަމަކަށް ކިޔާ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ފަތިހު 05:11 ހާއިރުގައެވެ.

އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑުގެ ހިތަދޫ ފަޔަރ ސްޓޭޝަނަށް މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، ވަގުތުން ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިވެއެވެ. އެމްއެންޑީއެފްގެ ފަރާތުން މަޢުލޫމާތު ދެއްވިގޮތުގައި، ފަޔަރފައިޓަރުންގެ ހަލުވި އަދި ފަންނީ މަސައްކަތުގެ ސަބަބުން އަލިފާން މުޅިން ނިއްވާލެވިފައިވަނީ ހެނދުނު 08:05 ހާއިރުގައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް، މީހުން ދިރިއުޅެމުން އައި މި ގެ ވަނީ ބޭނުން ނުކުރެވޭ މިންވަރަށް އަނދާ ހަލާކުވެފައެވެ.

މި ހާދިސާއާ ގުޅިގެން އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރެވޭނެ ވާހަކަ ކަމާބެހޭ ފަރާތްތަކުން ވަނީ އަންގަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

990

މާލޭގެ ގެއެއްގައި ރޯވެ ގެއްލުންތަކެއް

Amaan

އަލިފާނުގެ ހާދިސާގައި އަމާން ދޯދި ޓަވަރު އެއްގެ ފެންހޮޅިތަކަށް ގެއްލުން ވެއްޖެ

ފޭސް އެކެއްގައި ހުންނަ ”ބްރަންޗް ހައުސް“ކެފޭ ގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

އަލިފާނުގެ ހާދިސާއާ ގުޅިގެން އާއިލާއަކަށް ވަގުތީ އެހީ ފޯރުކޮށްދީފި

TTH_advertisement