ކުއްލި ޚަބަރު

މާލޭގެ ދެ ގެއަކުން 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފި

ކާރު ރަޖިސްޓްރީކުރާއިރު ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭގޮތް ހަދަނީ

ކައުންސިލް އިންތިހާބުގެ އޮފިޝަލުން ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

ޤާސިމްގެ ޚަރަދުގައި މާމިގިލީގައި ޕޮލިސް ސްޓޭޝަން ހަދަނީ

3a6918f3 0fc8 4935 A21b Aacf6342b69e

ޖުމްހޫރީ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު އަލްފާޟިލް ޤާސިމް އިބްރާހީމް، އދ. މާމިގިލީގައި ޕޮލިސް ސްޓޭޝަނެއް ޤާއިމުކުރުމަށް އެ މަނިކުފާނުގެ އަމިއްލަ ޚަރަދުގައި ހުށަހަޅުއްވައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަލްފާޟިލް ޢަލީ ޝުޖާޢުއަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި އަލްފާޟިލް ޤާސިމް އިބްރާހީމް ފާހަގަކުރެއްވި ގޮތުގައި، ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މާމިގިއްޔަކީ އދ. އަތޮޅުގައި ހިމެނޭ ރަށްތަކުގެ ތެރެއިން އެންމެ ކުށް ގިނަ ރަށެވެ.

އިތުރަށް އަލްފާޟިލް ޤާސިމް އިބްރާހީމް ފާހަގަކުރެއްވި ގޮތުގައި، މާމިގިއްޔަކްޔަކީ ކ، އއ، އދ އަދި ވ. އަތޮޅުގައި ހިމެނޭ ރަށްތަކުގެ ތެރެއިން އެންމެ އާބާދީ އަދި ބިން ބޮޑު ރަށެވެ. އަދި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރަޙައްދީ ފެންވަރުގެ ޕޮލިސް ސްޓޭޝަނެއް މާމިގިލީގައި ޤާއިމުކުރަން ޖެހޭކަމަށް އެކި ފަހަރުމަތިން މަޝްވަރާކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

އަލްފާޟިލް ޤާސިމް އިބްރާހީމް ފާހަގަކުރެއްވި ގޮތުގައި، ފާއިތުވި ފަސް އަހަރު ދުވަހު ބަޖެޓުގައި މާމިގިލީގައި ޕޮލިސް ސްޓޭޝަނެއް ޤާއިމުކުރުމަށް ހިމަނާފައިވީ ނަމަވެސް، މިއަދާ ހަމައަށް ވެސް އެ މަސައްކަތް ފެށިފައިނުވެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ހުއްދަ ދެއްވައިފިނަމަ، މާމިގިލީގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒު، ވިލާ ފައުންޑޭޝަންގެ ސްޕޮންސަރޝިޕްގެ ދަށުން އިމާރާތްކުރުމަށް ނިންމާފައިވާ ވާހަކަ ދަންނަވަމެވެ. ވީމާ، އިމާރާތްކުރުމަށް ބޭނުންވާ ކުރެހުމާއި، އިމާރާތް ހެދުމަށް ސްޕޮންސަރޝިޕް ޤަބޫލުކުރިކަމުގެ ލިޔުން ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވުން އެދެމެވެ – ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

އަލްފާޟިލް ޤާސިމް އިބްރާހީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މާމިގިއްޔަކީ ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް ޤާއިމުކުރެވިފައިވާ ރަށެއްގެ އިތުރުން، ވަށައިގެން ޓޫރިސްޓް ރިސޯޓުތައް ވެސް ހުންނަ ރަށެކެވެ. އަދި މާމިގިއްޔަކީ އެކިއެކި ޚިދުމަތް ހޯދުމަށް ގިނަ ބަޔަކު ޒިޔާރަތްކުރާ ރަށެކެވެ.

ރައީސުލްޖުމްހޫރްހޫރިއްޔާ އަލްފާޟިލް ޑރ. މުޙައްމަދު މުޢިއްޒު، މި އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވަނީ އެ މަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް 27 ރަށެއްގައި ޕޮލިސް ސްޓޭޝަން ޤާއިމުކޮށްދެއްވާފައިވާ ކަމަށެވެ. އަދި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށްފައިނުވާ 39 ރަށުގައި މި އަހަރު އެ ޚިދުމަތް ފެށްޓެވުމަށް ރޭވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

މި ހުށަހެޅުމަކީ ރާއްޖޭގެ ރަށްތަކުގައި ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ އެއްގޮތަށް، އަމިއްލަ ފަރާތަކުން ކުރިއަށް ގެންދަވާ އިސްނެގުމެކެވެ. މިފަދަ މަޝްރޫޢުތަކުން ރާއްޖޭގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ފަސޭހަކަމާއެކު ލިބި، ރަށްރަށުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.

މާމިގިލީގައި ޕޮލިސް ސްޓޭޝަނެއް ޤާއިމުކުރުމުގެ މުހިންމުކަން އަލްފާޟިލް ޤާސިމް އިބްރާހީމް ފާހަގަކުރައްވާފައިވާ ސަބަބުތަކަށް ބަލާއިރު، މި މަޝްރޫޢު ކުރިއަށް ގެންދެވުމަކީ އެ ސަރަޙައްދުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފައިދާއެއް ކަމުގައި ދެކެވެއެވެ. ޚާއްޞަކޮށް، މާމިގިލީގެ އާބާދީއާއި، ބިމުގެ ބޮޑުމިނާއި، އަދި އެ ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަށް ބަލާއިރު، މި ޚިދުމަތުގެ މުހިންމުކަން އިތުރަށް ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

kulli khabaru

ޕޮލިސް ކޮމިޝަނަރު ހިމެނޭހެން އިސް އޮފިސަރުންތަކެއް ސަސްޕެންޑް ކުރުމަށް ފާސްކޮށްފި

އޮޕަރޭޝަން އަލިމަގު: 90 މީހަކު ހައްޔަރުކޮށްފި

Main 20251104 151853

މަސްތުވާތަކެއްޗާއެކު ށ. އަތޮޅު ރިސޯޓަކުން މީހަކު ހައްޔަރުކޮށްފި

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

TTH_advertisement