ކުއްލި ޚަބަރު

ކާނާވިހަވި ބިދޭސީއަކަށް ފަރުވާދެނީ

ޢުލްޔާ ދެ ޤައުމީ ރެކޯޑެއް އައުކޮށްފި

ހުރިހާ ގެއަކަށް މަސްދަޅުކޭސް ލިބެންދެން ދޫކުރާނަން: އާދަމް ޝަރީފް

ދިވެހިރާއްޖެއާއި ސިންގަޕޫރުގެ ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރެވުނުތާ 50 އަހަރު

B Arlfn0mspv9jrogcs8gacnuem

ދިވެހިރާއްޖެއާއި ސިންގަޕޫރު ޖުމްހޫރިއްޔާއާ ދެމެދު ރަސްމީ ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރެވުނީ 1975 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

މި ދެ ޤައުމުގެ ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރެވުނުތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަދު، ދިވެހި ދައުލަތާއި ރައްޔިތުންގެ ނަމުގައި، ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގްއަށް ތަހުނިޔާގެ ސިޓީފުޅު އަރުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވި ގޮތުގައި، މި ދެ އިއްޒަތްތެރިންނަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުތަކުގައި، ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮތް ބަދަހި ގުޅުން ފާހަގަކުރައްވައި، މި ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ހަރުދަނާވެގެންދާނެ ކަމުގެ އުންމީދު ފާޅުކުރައްވާފައިވެއެވެ. އަދި ދެ ޤައުމުގެ ކުރިމަގަށް މުހިންމު އެކިއެކި ފުރުޞަތުތައް ހޯދުމަށް ދެ ޤައުމު ގުޅިގެން މުސްތަޤުބަލުގައި މަސައްކަތްކުރުމުގެ އުންމީދު އައުކުރައްވާފައިވެއެވެ.

މީގެއިތުރުން، އެ ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތްގުޅުމާއި އިޤްތިޞާދީ ގުޅުންތަކަށް އިޝާރާތްކުރައްވައި، ދެ ޤައުމުގެ ސިޔާސީ ގުޅުންތައް ހަރުދަނާކުރުމުގައި ވޭތުވެދިޔަ އަހަރުތަކުގައި މަތީ ފެންވަރުގެ ބައްދަލުވުންތައް އިތުރުވެފައިވާކަން ފާހަގަކުރައްވާފައެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިންގަޕޫރުގެ ރައީސް ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ވޮންގްއަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގަންނަވައި، އެ ޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައިކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވެއެވެ.

ގުޅުންހުރި

Whatsapp Image 2025 02 22 At 09.46.10

ކާނާވިހަވި ބިދޭސީއަކަށް ފަރުވާދެނީ

Capture 33

ކުރީގެ މެމްބަރ ސައުދު ބަލިކޮށް ހުސައިން އެމްޑީޕީ ގައުމީ މަޖިލީހަށް

Stelco App Demo 1

 ރޯދަހަދިޔާ ޓޯކެން ދޫކުރަން ފެށުމާއެކު ސްޓެލްކޯ އެޕަށް ޑީޑޮސް ހަމަލާތަކެއް

19b10db3 8f92 4d33 8cfa Bf2853d50f57

މިރާލް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭގެ ޤައުމީ ރެކޯޑު އާކޮށްފި

Mulhi Raajje