ކުއްލި ޚަބަރު

އެމްއެފްޑީއޭ އިން ހުއްދަ ނުދެނީސް ހުއްދަ ދިން ކަމުގެ ލޭބަލް ޖެހި މައްސަލައެއް

ދެ ރަށެއްގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ސްޓެލްކޯއިން 1000 ކިލޯވޮޓްގެ ޖަނެރޭޓަރު ފޮނުވައިފި

މާލޭގެ އަށް ކެފޭއަކުން ގަވާއިދާ ޚިލާފަށް އުޅުނު ފަސް ބިދޭސީއަކު ހައްޔަރުކޮށްފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާރގެ މަގާމަށް އަމްޖަދު އައްޔަންކޮށްފި

1520333940

ޝަރުއީ ނިޒާމާ ގުޅޭ އިދާރީ މަސައްކަތްތައްް ކުރާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ އެންމެ އިސް މަގާމު ކަމަށްވާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މަގާމަށް އައްޔަންކުރީ އަމްޖަދު މުސްތަފާ، މ. ރަންދޫވިލާ ކަމަށެވެ. ޖޭއެސްސީ އިން ބުނީ އަމްޖަދު އަކީ އެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަވެ އެންމެ މަތިން މާކްސް ލިބުނު ފަރާތް ކަމަށެވެ.

ޖޭއެސްސީ އިން މި މަގާމަށް މީހަކު ހޯދަން އިއުލާނުކުރީ މަގާމުގައި ހުންނެވި އާއިޝަތު ރިޒްނާ ސެޕްޓެމްބަރު 10، 2024 އިސްތިއުފާ ދެއްވުމުންނެވެ.

މިވީ ދުވަސްތަކުގައި ޑީޖޭއޭގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ ޖޭއެސްސީގެ އިންްސްޕެކްޓާ ޖެނެރަލް މުހައްމަދު ޝުޖާއު އެވެ.

އަމްޖަދަކީ މީގެ ކުރިން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމާއި އިލެކްޝަން ކޮމިޝަން (އީސީ) ގެ ނައިބު ރައީސްކަން އަދި މޯލްޑިވްސް ޓޫރިޒަމް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ބޯޑު ޑިރެކްޓަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކޯޓުތަކުގެ މަސައްކަތް ހަލުވިކުރުމަށް ކޭސް މެނޭޖްމަންޓް ސިސްޓަމް އިފްތިތާހުކޮށްފި

ހުޅުމާލޭ ޖަސްޓިސް ބިލްޑިންގ އެނެކްސްގައި 15 ކޯޓްރޫމް ހުންނާނެ: ޑީޖޭއޭ

TTH_advertisement