ކުއްލި ޚަބަރު

ކާނާވިހަވި ބިދޭސީއަކަށް ފަރުވާދެނީ

ޢުލްޔާ ދެ ޤައުމީ ރެކޯޑެއް އައުކޮށްފި

ހުރިހާ ގެއަކަށް މަސްދަޅުކޭސް ލިބެންދެން ދޫކުރާނަން: އާދަމް ޝަރީފް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ގާނޫނީ ދާއިރާއިން ޑިގްރީ ފުރުޞަތު ހުޅުވައިލައިފި

Vljxvvpz2zghs6botzf5bbcfriv1bwf7o4jc28fo

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ގާނޫނީ ދާއިރާއިން ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އިން ހުޅުވާލައިފިއެވެ. މި ޕްރޮގްރާމް ފަށައިގަންނަނީ މަޖިލީހާއި އައިޔޫއެމްއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.

އައިޔޫއެމްގެ އިސް އޮފިޝަލެއް މުޅިރާއްޖެ އަށް މަޢުލޫމާތު ދެއްވިގޮތުގައި، މިހާރު މަޖިލީހުގައި ތިއްބެވި މެމްބަރުންގެ ތެރެއިން ޝަރީޢާ އެންޑް ލޯގެ ޑިގްރީ ޕްރޮގްރާމުގައި ބައިވެރިވުމަށް ޝަރުތު ހަމަވާ ބޭފުޅުން އެބަތިބިއެވެ. އަދި ދެ ހަފްތާގެ ތެރޭގައި މަޖިލިސް މެމްބަރުންނަށް ޚާއްޞަކޮށްގެން މި ޑިގްރީ ކޯސް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

“މި ޕްރޮގްރާމް ކުރިއަށް ގެންދާނީ މަޖިލިސް މެމްބަރުންނަށް ފަސޭހަވާނެ ގަޑިތަކުގައި. އަޅުގަނޑުމެން ބޭނުންވަނީ މެމްބަރުންގެ މަސައްކަތަށް ދަތިނުވާނެ ގޮތަކަށް މި ފުރުޞަތު ފޯރުކޮށްދޭން،” އެ އޮފިޝަލް ވިދާޅުވިއެވެ.

މީގެ އިތުރުން، އައިޔޫއެމްއިން ހިންގާ އެޑްވާންސްޑް ސެޓްފިކެޓް އިން ޝަރީޢާ އެންޑް ލޯ ކޯހެއްގައި މަޖިލީހުގެ އަށް މެމްބަރަކު މިހާރު ވަނީ ބައިވެރިވެ ކިޔަވަން ފަށާފައެވެ. މި ޕްރޮގްރާމަކީވެސް ސީދާ މަޖިލިސް މެމްބަރުންނަށް ޚާއްޞަކޮށްގެން އޮންލައިންކޮށް ފެށި ޕްރޮގްރާމެކެވެ.

އެއް އަހަރު ދުވަހަށް ކުރިއަށްގެންދާ އެޑްވާންސްޑް ސެޓްފިކެޓް ޕްރޮގްރާމް ނިންމާ މެމްބަރުންނަށް، ޑިގްރީ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނެ ކަމަށްވެސް އެ އޮފިޝަލް ފާހަގަކުރެއްވިއެވެ.

މި އިސްނެގުމަކީ މަޖިލިސް މެމްބަރުންގެ ޤާނޫނީ ހުނަރު އިތުރުކޮށް، ޤާނޫނު ހެދުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ. މަޖިލީހުގެ ސްޕީކަރ އަބްދުއްރަހީމް އަބްދުﷲ މި ކަމާ ގުޅޭގޮތުން ދެއްވި ބަޔާނެއްގައި ވިދާޅުވީ، މި ފުރުޞަތަކީ މެމްބަރުންގެ ޤާބިލުކަން އިތުރުކޮށް، ރައްޔިތުންނަށް އިތުރު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ.

ގުޅުންހުރި

Whatsapp Image 2025 02 22 At 09.46.10

ކާނާވިހަވި ބިދޭސީއަކަށް ފަރުވާދެނީ

Capture 33

ކުރީގެ މެމްބަރ ސައުދު ބަލިކޮށް ހުސައިން އެމްޑީޕީ ގައުމީ މަޖިލީހަށް

Stelco App Demo 1

 ރޯދަހަދިޔާ ޓޯކެން ދޫކުރަން ފެށުމާއެކު ސްޓެލްކޯ އެޕަށް ޑީޑޮސް ހަމަލާތަކެއް

19b10db3 8f92 4d33 8cfa Bf2853d50f57

މިރާލް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭގެ ޤައުމީ ރެކޯޑު އާކޮށްފި

Mulhi Raajje