ކުއްލި ޚަބަރު

ޓައިމް މެގަޒިންގެ ސިއްހީ ދާއިރާގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓަށް ރައީސް މުއިއްޒު

ޑްރަގް އެތެރެ ކުރި މައްސަލައެއްގައި ޕާކިސްތާން މީހަކު އުމުރަށް ޖަލަށް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

ރަސްފަންނު މޫދަށް ކިސަޑު ޖަމާވެފައިވުމުން ވަގުތީގޮތުން އާންމުންނަށް ބަންދުކުރަނީ

Big Cipaahzecaihnh5 696x465

ރަސްފަންނު މޫދަށް އެރޭ ސަރަހައްދަށް ކިސަޑު ޖަމާވެފައިވުމުން، ވަގުތީގޮތުން އާންމުންނަށް ބަންދުކުރަނީ

ރަސްފަންނު މޫދަށް އެރޭ ސަރަހައްދަށް ކިސަޑު ޖަމާވެފައިވުމުން، އެ މައްސަލަ ހައްލުކުރުމަށް ވަގުތީގޮތުން އާންމުންނަށް ބަންދުކުރަން ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދުގެ 500 އަކަ މީޓަރުގެ ބޮޑުމިނުގެ ސަރަހައްދެއްގައި އެއް ފޫޓުގެ ފުންމިނަށް ކިސަޑު ޖަމާވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެކަމާއި ގުޅިގެން، އެ ސަރަހައްދުން ކިސަޑު ނަގައި، ބީޗަށް ވެލި އެޅުމުގެ މަސައްކަތް މިއަދު ހެނދުނު 9:00 ގައި ފެށިގެންދާނެ ކަމަށާއި މި މަސައްކަތް ފެށި ކުރިއަށްދާ މުއްދަތުގައި، މަސައްކަތް ނިމެންދެން ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދު އާންމުންނަށް ބަންދުކުރެވޭނެ ކަމަށް ސިޓީ ކައުންސިލުގެ އިއުލާނުގައި ބުންޏެވެ.

އެ އިއުލާނާއެކު ރަސްފަންނުގެ އާންމުންނަށް ބަންދުކުރެވިފައިވާ ސަރަހައްދުގެ ތަފްސީލު އެނގޭނެ ޗާޓެއް ވެސް ކައުންސިލުން ވަނީ އާންމުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Male city council

ނައްތާލަން ބޭނުންވާ ބައު މުސްހަފުތައް ސިޓީ ކައުންސިލާ ހަވާލުކުރަން ހުޅުވާލައިފި

councilor nahula ali

ނަހުލާ ރަސްމީ ލިޔެކިޔުންތަކެއް ވީދާލި މައްސަލަ ފުލުހަށް ހުށަހަޅައިފި

މާލޭ ސިޓީ ކައުންސިލްގެ ގުރުއާން އަދި މަދަހަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

male city

ގޭގެ ނަންބޯޑު ފެންނަގޮތަށް ހަރުކުރަން މާލޭ ސިޓީ ކައުންސިލުން އަންގައިފި

TTH_advertisement