ކުއްލި ޚަބަރު

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

2 އިންތިޚާބު އެއްކޮށްލަން މަޖިލީހުން ފާސްކޮށްފި

ރަމަޟާން މަހު ތަކެތީގެ އަގު ރައްޔިތުންނަށް ބުރައަކަށް ނުވާނެ ކަމުގެ ޔަގީންކަން އަރުވަން: ވަޒީރު ސަޢީދު

Large Thumb 1739638341171

އިޤްތިޞާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެފައިވަނީ، ކުރިއަށް އޮތް ރަމަޟާން މަހު ތަކެތީގެ އަގު ރައްޔިތުންނަށް ބުރައަކަށް ނުވާނެ ގޮތަށް ބެލެހެއްޓުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ. އަހާ ފޯރަމެއްގައި އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، މިހާރުވެސް ރާއްޖޭގައި އިންފްލޭޝަން ރޭޓު 3 އިންސައްތައަށްވުރެ ދަށުގައި ހިފެހެއްޓިފައިވާ ކަމަށެވެ.

ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ:

• މިދިޔަ އަހަރުގެ ރަމަޟާން މަހުވެސް ސަރުކާރުން ވަރަށް ކާމިޔާބު ކަމާއެކު ތަކެތީގެ އަގު ކޮންޓްރޯލްކުރި ކަމަށާއި، އެކަން ކުރެވުނީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން އުފެއްދެވި ޚާއްސަ ކޮމިޓީއެއްގެ މަސައްކަތުން ކަމަށް.

• އަގުތަކާ ގުޅޭ ޚާއްސަ ސިޔާސަތެއް އެކުލަވާލުމަށް ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް އަންގަވާފައިވާ ކަމަށާއި، އެ ސިޔާސަތު މިހާރު އެކުލަވާލެވިފައިވާ ކަމަށް.

• 183 ބާވަތެއްގެ މުދަލުގެ ތެރެއިން 54 ބާވަތެއް ރަމަޟާން މަހަށް ޚާއްސަކޮށް ކްރިޓިކަލް އައިޓަމްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް.

• އެއްވެސް މުދަލެއްގެ އަގު އުފުލިއްޖެނަމަ، ސަރުކާރުން ވަގުތުން އެކަމަށް ފިޔަވަޅު އަޅުއްވާނެ ކަމަށް.

• އެއް ޤައުމަކުން މުދާ ނުލިބޭނަމަ އެހެން ޤައުމުތަކުންވެސް މުދާ ގެނައުމަށް މަސައްކަތްކުރާނެ ކަމަށާއި، ކަނޑުމަގުން ނުގެނެވޭނަމަ ވައިގެމަގުންވެސް މުދާ ގެނައުމަށް މަސައްކަތްކުރާނެ ކަމަށް.

ވަޒީރު ސަޢީދު ވިޔަފާރިވެރިންނަށް ގޮވާލެއްވީ، ރަމަޟާން މަހާ ގުޅިގެން ތަކެތީގެ އަގު އުފުލުނަ ނުދިނުމަށް އެއްބާރުލުން ދެއްވުމަށެވެ. އަދި މިކަމުގެ ސަބަބުން ވިޔަފާރިވެރިންނަށް ދަތިތަކެއް ކުރިމަތިވާނަމަ، އެކަން ސަރުކާރާ ހިއްސާކުރުމަށްވެސް އެދިވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރަމަޟާން މަހު އަތޮޅު އިޙްޔާ 10 ރަށެއްގައި ބޭއްވުމަށް ހަމަޖައްސައިފި

civil service office

ރަމަޟާންމަހުގެ އިނާޔަތު ފައިސާ މިމަހުގެ 12 ގައި

Ramazan hadiyaa

ރޯދަ ހަދިޔާގެ މަސްދަޅު ކޭސް ބަހަން މިއަދު ފަށާނެ: އައިޑީކާޑަކަށް ގިނަވެގެން ދެ ކޭސް

school darivarun

ރޯދަ މަހުގެ ފުރަތަމަ ހަފުތާގެ ކިޔެވުމަށްފަހު ސްކޫލްތަށް އަނެއްކާވެސް ބަންދުވާނެ

TTH_advertisement