ކުއްލި ޚަބަރު

ރުފިޔާ އިން ސާވިސްޗާޖް ދޭން ނިންމުމަކީ ގާނޫނާ ހިލާފުކަމެއް، އެއީ މަކަރާއި ހީލަތް: ގާސިމް

ދޮގު ބަޔާން ދިން މައްސަލައިގައި ދާއޫދު މަގާމުން ވަކިކޮށްފި

ބޮޑެތި ބަލިތަކުގެ ވާހަކަދައްކާ އިރު، ލައިފްސްޓައިލަށް ބަދަލު ގެނެސް ފަރުދީ ޒިންމާ ވެސް އަދާކުރަން ޖެހޭ: ނާޒިމް

ވަޒީރުންގެ ހަތަރުވަނަ ފޯރަމް މިރޭ ބޭއްވުމަށް ހަމަޖެހިއްޖެ

384793 3 51ee7afd05d6cde87d575e501bb5950724df8e97 Large

ސަރުކާރުގެ ވުޒާރާތަކުން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ހިއްސާކޮށް، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް ބާއްވާ “އަހާ” ވަޒީރުންގެ ހަތަރުވަނަ ފޯރަމް މިރޭ 9:00 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ފޯރަމްގައި ފަސް ވަޒީރުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވާފައިވެއެވެ. އެއީ އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙުމަދު، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު މުޙައްމަދު ސަޢީދު، އަދި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ވަޒީރު ޠާރިޤު އިބްރާހިމްއެވެ.

ދެ ގަޑިއިރަށް ކުރިއަށްދާނެ މި ފޯރަމްގައި އާންމު ރައްޔިތުންނަށް ސުވާލު ކުރުމުގެ ފުރުޞަތު ހުޅުވާލާފައިވެއެވެ. ފޯރަމް އޮންނަ ތަނަށް ގޮސްގެންނާއި، ފޯނުން ގުޅައިގެންނާއި، އެސްއެމްއެސް އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ސުވާލު ކުރެވޭނެއެވެ. އަދި ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށްވެސް ސުވާލު ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

“އަހާ” ފޯރަމްގެ ނަމުގައި ކުރިއަށްގެންދާ މި ސިލްސިލާގެ ފުރަތަމަ ފޯރަމް ބޭއްވިފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީ 25 ވަނަ ދުވަހުއެވެ. މި ފޯރަމްތަކުގެ މަޤްޞަދަކީ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމާއި، ރައްޔިތުންގެ ސުވާލުތަކަށް ސީދާ ވަޒީރުން ޖަވާބުދެއްވުމެވެ.

ވަޒީރުންގެ ފޯރަމްގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ޚާއްޞަ ފޯރަމެއްވެސް ސަރުކާރުން އަންނަނީ ބާއްވަމުންނެވެ. މިއީވެސް އާންމުންނަށް އެކި ދާއިރާތަކުން ސުވާލުކުރެވޭގޮތަށް ހުޅުވާލެވިފައިވާ ފޯރަމެކެވެ.

މިރޭގެ ފޯރަމަށް ސުވާލު ފޮނުވަން ބޭނުންވާ ފަރާތްތަކުން AH ޖެއްސުމަށްފަހު ހުސްތަންކޮޅެއް ދޫކޮށް، ސުވާލު ލިޔުމަށްފަހު 300 އަށް އެސްއެމްއެސް ކުރެވިދާނެއެވެ.

ގުޅުންހުރި

55917c21 ab84 496c 93cc b27f1a36f6ca

ރުފިޔާ އިން ސާވިސްޗާޖް ދޭން ނިންމުމަކީ ގާނޫނާ ހިލާފުކަމެއް، އެއީ މަކަރާއި ހީލަތް: ގާސިމް

B 202506170815591750173359.2312

ދޮގު ބަޔާން ދިން މައްސަލައިގައި ދާއޫދު މަގާމުން ވަކިކޮށްފި

Naxim

ބޮޑެތި ބަލިތަކުގެ ވާހަކަދައްކާ އިރު، ލައިފްސްޓައިލަށް ބަދަލު ގެނެސް ފަރުދީ ޒިންމާ ވެސް އަދާކުރަން ޖެހޭ: ނާޒިމް

Img 6429 850x548

އެސްޓީއޯ އިން ގެންނަ ބޭހުގެ އަދަދު އެތައް ގުނައަކުން އިތުރުކުރެވިއްޖެ: ނާޒިމް

ELL Mobile Advertisement TTH_advertisement