ކުއްލި ޚަބަރު

ތިނަދޫގެ މޭޔަރާއި ޑެޕިޔުޓީ މޭޔަރު މުސާރަ ނުލިބޭގޮތަށް ސަސްޕެންޑުކޮށްފި

ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވީ ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު

އދގެ އެޓޮމިކް ހަކަތައާބެހޭ އިދާރާއަށް އެއްބާރުލުން ދިނުން ސަސްޕެންޑްކުރަން އީރާނު ޕާލަމެންޓުން ފާސްކޮށްފި

ދިރާގުގެ “ވިން އަ ސްޕީޑްބޯޓް” ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށް ބޯޓު ރަސްމީކޮށް ހަވާލުކޮށްފި

Dhiraagu Scaled R1fogujy6iiswu9ez1wqms738lmpc7f5zsdzpuyvmc

ދިރާގުން ކުރިއަށް ގެންދިޔަ “ވިން އަ ސްޕީޑްބޯޓް” ޕްރޮމޯޝަންގެ ނަސީބުވެރިޔާ ކަމުގައިވާ ގއ. ވިލިނގިލީ، ހުސައިން ފަޔާޒްއަށް ރަސްމީކޮށް ބޯޓު ހަވާލުކޮށްފިއެވެ. މި ރަސްމިއްޔާތު ބޭއްވުނީ އަލް ޝާލީ މެރިން ބޯޓްޔާޑުގައެވެ.

ހުސައިން ފަޔާޒްއާ ހަވާލުކުރެވުނީ އަލް ޝާލީ މެރިން މަޖެލަން 32 ބޯޓާއި، ޔަމަހާގެ 175 ހޯސްޕަވަރުގެ ދެ އައުޓްބޯޑް އިންޖީނެވެ. މި ރަސްމިއްޔާތުގައި ފަޔާޒްގެ އާއިލާގެ އިތުރުން، ދިރާގު، އަލްޝާލީ އަދި އައުޓްބޯޑު އިންޖީނު ސްޕޮންސަރކޮށްދިން އެލިޔާ ކުންފުނީގެ ފަރާތުން ބައިވެރިވިއެވެ.

ޕްރޮމޯޝަންގެ ނަސީބުވެރިޔާ ފަޔާޒް ވިދާޅުވި ގޮތުގައި، މި ޕްރޮމޯޝަންގައި ފުރަތަމަ ބައިވެރިވިއިރު މި އިނާމު ލިބިދާނެކަމަށް ހީނުކުރެވުނު ނަމަވެސް، ހަނގު ދަރިފުޅުގެ ޝައުޤުވެރިކަމާއެކު ބައިވެރިވުމަށް ނިންމެވިއެވެ. އަދި ބޯޓު ލިބުނުކަން އެނގުމުން ފުރަތަމަ ޤަބޫލުކުރަން ދަތިވި ނަމަވެސް، ވަރަށް އުފާވެވަޑައިގަތް ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ދިރާގުން ކަސްޓަމަރުންނަށް މިފަދަ ޕްރޮމޯޝަންތައް ބާއްވައި، އަގުހުރި އިނާމުތައް ހޯދުމުގެ ފުރުޞަތު ފަހިކޮށްދެމުންދާތީ، އެކަމަށްޓަކައި ދިރާގަށް ޝުކުރު އަދާކުރެއްވިއެވެ.

ދިރާގުން ފާހަގަކުރި ގޮތުގައި، ފަޔާޒަކީ ވޭތުވެދިޔަ 16 އަހަރު ވަންދެން މެދުކެނޑުމެއްނެތި ދިރާގުގެ ގިނަ ޚިދުމަތްތައް ބޭނުންކުރަމުންދާ ވަފާތެރި ކަސްޓަމަރެކެވެ.

“ވިން އަ ސްޕީޑްބޯޓް” ޕްރޮމޯޝަނަކީ ދިރާގުގެ ކަސްޓަމަރުންނަށް ތަފާތު، ބޭނުންތެރި އަދި އަގުހުރި އިނާމުތައް ހޯދައިދިނުމުގެ މަޤުޞަދުގައި 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު 16 އިން ޑިސެމްބަރު 16 އަށް ކުރިއަށްގެންދެވުނު ޕްރޮމޯޝަނެކެވެ. މި ބޯޓަކީ އާއިލާއާއެކު ވަގުތު ހޭދަކުރުމަށާއި މަސްވެރިކަން ފަދަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ބޭނުންކުރެވިދާނެ ބޯޓެކެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ދިރާގުން ވޭތުވެދިޔަ އަހަރުވެސް މިފަދަ ބޮޑު ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސް، ނަސީބުވެރި ފަރާތަކަށް ޓެސްލާ ކާރެއް ހަދިޔާކޮށްފައިވާކަމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

367377 3 4156eae62fe66976782e037272fd7f0f83deb50b large

ހުކުރު ދުވަސްތަކުގެ ހެނދުނު 6 އިން 9 އަށް ބައެއް މަގުތަކުގައި ވެހިކަލް ދުއްވުން މަނާކުރަނީ

3

ބްރޯޑްކޮމްގެ އެސްޖީ އަކަށް ޔާމީން އިދުރީސް

Whatsapp image 2025 06 25 at 14.47.06

ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ހަގީގަތަކަށް ހެދުމުގެ އެންމެ ބޮޑު ހިއްސާދާރަކީ ރައީސް: ޝަރީފް

Env pos launch event (3)

ބީއެމްއެލުން އީއެންވީ ޕޮސްގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް، ކޮންމެ މުއާމަލާތަކުން ތިމާވެއްޓަށް އެހީއެއް!

ELL Mobile Advertisement TTH_advertisement